ކުއްލި ޙަބަރު

ނޮވެލްޓީ އަލީ ހުސެއިން އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ ޗާޕުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ނޮވެލްޓީގެ ވެރިޔާ އަލީ ހުސެއިން އަވަހަރާވެއްޖެ އެވެ.

އަލީ ހުސައިން އަކީ ގިނަ އަދަދެއްގެ ފޮތް ހާއްސަކޮށް ތާރީޚީ ގިނަ ފޮތްތަކެއް އަމިއްލަފުޅު ޚަރަދުގައި ޗާޕް ކޮށްދެއްވާ ދިވެހި ތާރީޚަށް ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ޚިދުމަތް ކޮށްދެއްވި އެއް ޚިދުމަތްތެރިޔާ އެވެ.

އަލީ ހުސައިން ވަނީ ކުރިން ސަރުކާރުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އޭނާ ސަރުކާރުގެ ޚިދުމަތް ފެއްޓެވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ އޮފީހުގައި އަލީ ހުސައިން މަސައްކަތް ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްޤީކުރުމުގެ ދާއިރާއިން އަލީ ހުސެއިނަނަށް ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2003 ވަނަ އަހަރު ދެއްވާފައެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމް ވެސް ވަނީ އޭނާ ދެއްވާފައެވެ.

އަލީ ހުސައިން އާއި ބެހޭ ގޮތުން ލިޔެފައި ހުރި ބައެއް ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި އަލީ ހުސައިން އެންމެ އުފާފުޅު ވަނީ އޭނާ އަށް “ވާރެޔާފުށި އަލީ ހުސެއިން” ގެ ނަމުގައި މުހާތަބު ކުރެއްވުމުންނެވެ. އަލީ ހުސައިން އަކީ މ.އަތޮޅު ވަރޭޔާފުށްޓަށް އުފަން ބޭފުޅެކެވެ. މިހާރު އެރަށުގެ ގިނަމީހުން ދިރިއުޅެމުން ގެންދަނީ މ.އަތޮޅު ކޮޅުފުށީގައެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ނިމުމާއެކު ރާއްޖޭގެ ފުރަތަމަ ބޯރޑިންގ ދާރުލްއިގާމޭގެ ނަމުގައި ހުޅުވުނެވެ. އަދި ކޮންމެ އަތޮޅަކުން ދެކުދިން މާލެ ގެނެވުނެވެ. އޭރު މުލަކު އަތޮޅުން ގެނެވުނު ދެކުދިންގެ ތެރެއިން އެއްކުއްޖަކު ދުންފަތުގެ އިސްތިއުމާލްކުރުމަށް ހިފާފައި ހުރި ފޯރިއަކުން އަނބުރާ ރަށަށްފޮނުވާލެވުނެވެ. އަދި ބަދަލުގައި އަލީ ހުސެއިން މާލެ ގެންނަވާ ބޯރޑިންގ އިން އޭނާ އަށް ފުރުސަތު ދެއްވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހުޅުމާލޭގައި އިމާރާތަކުން ވެއްޓި މީހަކު މަރުވެެއްޖެ

ދިވެހި ޕޯސްޓް

ގއ ކަނޑުހުޅުދޫ ރައްޔިތުން ނިކުމެ “ވަގުން” ހޯދަނީ

ދިވެހި ޕޯސްޓް

ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފި

ދިވެހި ޕޯސްޓް