ކުއްލި ޙަބަރު

ރައީސް ނަޝީދުއަށް މަޖިލީހަށް ވާދަ ނުކުރެއްވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅި އިރު، އަންނަ އެޕްރީލް މަހު އޮންނަ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެއާއެކު، ކުރީގެ ރައީސް ޔާމީން ވެސް މަޖިލީހަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަން ދާދި ފަހުން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައިވެ އެވެ. ވާދަކުރައްވާނެ ކަމަށް ސީދާ ވިދާޅު ނުވެ ޔާމީން ވިދާވެފައި ވަނީ ވަގުތު ޖެހުމުން އެކަން ނިންމަވާނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފޮނަދޫ ދާއިރާއަށް ޖޭޕީއާއި ޕީއެންސީންވެސް ވާދަކުރަން ނިންމައިފި

ދިވެހި ޕޯސްޓް

ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި މީހަކު ޒަހަމްވެއްޖެ

ދިވެހި ޕޯސްޓް

ޕީޕީއެމް މަޖިލިސް މެންބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދީފި

ދިވެހި ޕޯސްޓް