ކުއްލި ޙަބަރު

ރައީސް ނަޝީދު މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީސްގައި ވާދަކުރައްވާކަން ހާމަވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީސްގެ ޖަލްސާގައި މީދޫ ދާއިރާގެ ރައީސް ދެއްކެވި ވާހަކަފުޅުންނެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއިން ވާދަކުރައްވާ ލިސްޓް މިހާރު ކަނޑައަޅާފައިވަނީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން ތިިއްބެވި ކޮމިޓީ އަކުން ކަމަށެވެ.  އެގޮތުން އެމްޑީޕީގެ ހުރިހާ އިސް ފަރާތްތަކުން އިންތިހާބުގައި ވާދަކުރައްވާކަން އޭނާ ފާހަނގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ރައީސްވެސް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. މީގެއިތުރުން މިރޭގެ ޖަލްސާގައި އޭނާ ވަނީ ހުށެހެޅުމެއްވެސް ހުށަހަޅުއްވާފައެވެ. އެއީ އިންތިހާބުގައި ވާދަ ނުކުރައްވާ ބޭފުޅުން ތިއްބެވި ކޮމިޓީއަކުން ގޮނޑިތަކާއި މެދު ގޮތެއް ނިންމެވުމަށެވެ.

ރައީސް ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް މީދޫ ދާއިރާގެ ރައީސް ވިދާޅުވިނަމަވެސް ރައީސް ނަޝީދު އަދި އެކަން ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސް ތަކުގައި ރައީސް ނަޝީދު ސީދާ އެ ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ތަފްސީލު އަންނަނީ

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފިހާޅޮހި ރިސޯޓްގައި މަރުވެފައި އޮތް ފަތުރުވެރިޔަކު ފެނިއްޖެ

ދިވެހި ޕޯސްޓް

އެމްޑީޕީ އާއި ދެކޮޅަށް ޖޭޕީ އިން ކޯލިޝަނެއް އުފައްދަނީ

ދިވެހި ޕޯސްޓް

ދިވެއްސަކު ނިޔާވެފައި އޮއްވާ ވިލިނގިލިން ފެނިއްޖެ

ދިވެހި ޕޯސްޓް