ކުއްލި ޙަބަރު

ކަނޑުހުޅުދޫގައި އެއްޖިންސުން ގުޅުން ހިންގަން ތިބި ބަޔަކުގެ ގައިގާ ތަޅައިގެންފި

ގއ.ކަނޑުހުޅުދޫގައި އެއްޖިންސުން ގުޅުން ހިންގަން ތިބި ދެ ފިރިހެނުންގެ ގައިގާ ތަޅައިގެންފިއެވެ.

“ޑީޕީ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ޖިންސުން ގުޅުން ހިންގަން ތިބި ދެ ފިރިހެނުންނަށް އެރަށުގެ ބަޔަކު ހަމަލާދީ އެމީހުންނާއި މާރާމާރީ ހިންގާފައި ވަނީ މިރޭ 23:45 ހާއިރުއެވެ.

އެއް ޖިންސުން ގުޅުން ހިންގަން ތިބީ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެކެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވެސް ވަނީ އެފަދަ ކަމެއް އެރަށުގައި ހިނގައިގެން އުޅޭކަން “ވަގުތު” އަށް ކަށަވަރު ކޮށްދީފައެވެ.

ކަނޑުހުޅުދޫ އިން “ވަގުތު” އަށް މައުލޫމާތު ދިން މީހަކު ބުނީ އެމީހުން އެއްޖިންސުން ގުޅުން ހިންގަން ތިބީ ފިރިހެން މީހާގެ ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. ފުރަތަމަ އެމަންޒަރު ފެނުނީ ދިވެހި މީހާގެ ކޮއްކޮ އަށާއި ބޭބެ އަށެވެ. އެމަންޒަރު ފެނިގެން ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަދެ ވަނީ އެމީހުންގެ ގައިގަ ތަޅައިގެންފައެވެ.

ތަޅައިގަތުމުން ދިވެހި މީހާ ވަނީ ފިލާފައެވެ. އޭނާ އަދިވެސް ނުފެނެއެވެ. ބިދޭސީ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ ދެމީހުންގެ ގައިގަ ރަށު މީހުން ތަޅައިގަތް ނަމަވެސް އެމީހުންނަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ވެއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދެންމެ ލަންކާގައި ބޮމެއް ގޮވި ވީޑިއޯއެއް އާއްމުވެއްޖެ

ދިވެހި ޕޯސްޓް

ފެންކުންފުނީގެ ޗެއާމަން ގޭގައި މަޑުކުރަން އަންގަވައިފި

ދިވެހި ޕޯސްޓް

ޖާބިރުގެ އަނބިކަނބަލުން ދިޔާނާއަށް ވެސް ޕްރައިމަރީ ނާކާމިޔާބުވެއްޖެ

ދިވެހި ޕޯސްޓް