ކުއްލި ޙަބަރު

މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފި

މާދަމާއަކީ މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައި، މިރޭ އިއުލާންކޮށްފި އެވެ.

ހަނދު ސާބިތުކުރަން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައިވަނީ މިރޭ ބައެއް ގައުމުތަކަށް ހަނދު ފެނިފައިވާތީ އާއި ރާއްޖޭގައި މިހާތަަނަށް ވެސް އަމަލުކުރާ އުސޫލުގެ މަތިން މާދަމާ އަކީ މިއަހަރުގެ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައިވެ އެވެ.

މާދަމާއަކީ އީދު ދުވަސް ކަމަށް ކަނޑައެޅިއިރު، އިސްލާމީ ބައެއް ގައުމުތަކުން ނިންމާފައިވަނީ އީދުގެ ފުރަތަމަ ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށެވެ. އެކަމަކު ސައުދީ އަރަބިޔާއަށް ހަނދު ފެނުމާ ގުޅިގެން އެ ގައުމުން އޮތީ މާދަމާއަކީ އީދު ކަމަށް އިއުލާންކޮށްފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރޮޒެއިނާ ޕްރައިމަރީ ކާމިޔާބުކޮށްފި

ދިވެހި ޕޯސްޓް

ޔާމީން ހައްޔަރު ކުރުމަށް ނެރުނު އަމުރު ބާތިލު ކުރުމަށް ހައި ކޯޓަށް ހުށަހަޅައިފި

ދިވެހި ޕޯސްޓް

ރައީސްގެ އެކައުންޓަށް 72 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ދިވެހި ޕޯސްޓް