ކުއްލި ޙަބަރު

މަސްތުވާތަކެތި ހިފައިގެން ފެރީ އިން ފުންމާލި މީހާ އަދިވެސް ނުފެނޭ

މަސްތުވާތަކެތި ހިފައިގެން ފުލުހުންނަށް ފިލަން އުޅެނިކޮށް ކަނޑުވި އެންމެން ވެސް ފެނިއްޖެ ކަމަށާއި އެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށާއި ކަނޑުވި މީހުންގެ ތެރެއިން އެކަކު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ފެނިފައި ނުވަނީ މަސްތުވާތަކެތި ހިފައިގެން ފެރީ އިން ފުންމާލި މީހާ އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް “ޑީޕީ” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ފެރީ އިން ފުންމާލީ މިއަދު ހަވީރު 17:30 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެކެވެ.

މިރޭ ކަނޑުވެފައި ވަނިކޮށް ސަލާމަތް ކުރީ އޭނާ އަށް އެހީވުމަށް ބޮއްކުރައެއްގައި ދިޔަ ބައެކެވެ. އެމީހުން ކަނޑުވީ ބޮއްކުރާ ބަންޑުން ޖަހާލުމުންނެވެ. އެމީހުން ދަތުރު ކުރީ ޑިންގީއެއްގައި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ކަނޑުހުޅުދޫ އިން “ވަގުތު” އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ތިން މީހުން ދަތުރު ކުރީ ބޮއްކުރައެއްގައެވެ.

ބޮއްކުރައަކީ މިހާރު ގެއްލިގެން އުޅޭ މުހައްމަދު އަލީގެ ބައްޕަގެ ބޮއްކުރައެކެވެ.

“އެއީ އެންމެ ކުރީ ޒަމާނުގެ ބޮއްކުރައެއް. މިހާރު ނުހުންނަ އެއްޗަކަށް ވާތީ ރީއްޗަށް ބާއްވާފައި އޮންނަނީ. ވަރަށް ބަލައިގެން ގެންގުޅޭ އެއްޗެއް އެއީ.” މައުލޫމާތު ދިން މީހާ ބުންޏެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މާލޭގެ ގެއެއް ފަޅާލާ ވަދެ ގިނަ އަދަދެއްގެ ފައިސާ ނަގައިފި

ދިވެހި ޕޯސްޓް

ގއ ކަނޑުހުޅުދޫ ރައްޔިތުން ނިކުމެ “ވަގުން” ހޯދަނީ

ދިވެހި ޕޯސްޓް

އިތުރު ހަމަލާތަކެއް ދީފާނެ ކަމަކަށް ނުބެލެވޭ – ލަންކާ

ދިވެހި ޕޯސްޓް