ވިޔަފާރި

ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

ސާފު ފަޅުތަކުން ދޮންވެލި ރީތިތުނޑިތަކުން އުފާ ލިބިގަންނަން ބޭނުންނުވާނީ ފަހެ ކާކުހެއްޔެވެ؟ ދިވެހިންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން މިރާއްޖެ އަންނަނީ ނޫކަނޑާ ދޮންވެލި މިވާ ކުދި ޖަޒީރާތައް ބަލާލާށެވެ. ދޮންވެލި އެފަސްގަނޑުގައި ހިނގާލާ އެމިނިވަންކަމާއި، އުފާ ލިބިގަތުމަށެވެ. ރާއްޖެއަށް ލިބިފައިވާ މިގުދުރަތީ ރީތިކަމުން އެކަމުގެ މަންފާ ދައުލަތުގެ މާލިއްޔަތަށް އެތައް ގުނަ އަކުންދަނީ ކުރަމުންނެވެ. އެވިޔަފާރި ފުޅާވެ ދިވެހިންނަށް ފައިސާ ލިބޭނެ ގޮތްތައް ދަނީ އިތުރުވަމުންނެވެ. ވަޒީފާތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އަޅުގަނޑުމެން އަބަދު ވެސް އެއްކަމެއްގެ މަތިން ހަނދާން ބަހައްޓަންޖެހެއެވެ. ގައުމީ ކޮންމެ ފުކެއްގައި ގައުމީ އިހުސާސްވާ ކަމަށާއި، ރަންރިހި ނޫޓްގެ ކަރުދާސް ބެހިނަމަވެސް ނުވިކޭނެ ކަމަށް ކޮންމެ ދިވެއްސަކު ބުނާނެއެވެ. ނަމަވެސް ކަނޑިޔާ ބަޑިން އަޅުވެތިކުރި ޒަމާން ފާއިތުވެގެން ގޮސް މިއަދު ދިވެހިން އަޅުވެތިމިވަނީ އަމިއްލައަށެވެ. ތަފާތު ގޮތަކަށް އަޅުވެތިކޮށްފިއޭ ބުނެވިދާނެއެވެ. ދިވެހިންނަށް އަމިއްލަ ގައުމުގެ ރީތިކަން ތަޖުރިބާ ކުރުމަށް މިއަދު މަނާވެއްޖެއެވެ. ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކުގައި ހިނގާލުން މަނާވެއްޖެއެވެ. ދިވެހިންގެ ގައުމު ދިވެހިންނަށޭ ބުނެ ވަކާލާތު ކުރި ނަމަވެސް މިއަދުގެ ހަގީގަތަކީ މިއީއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެސްޓްހައުސް ވިޔަފާރިފުޅާވެ، މިއަދު އެރަށްރަށުގެ ބައެއް ސަރަހައްދުތަކުގެ މޫދަށް ފޭބުމަކީ ދިވެހިންނަށް މަނާ ކަމެކެވެ. އެއީ އެރަށުގެ ރައްޔިތުން ނޫން ނަމަވެސް ”ދިވެއްސެއް” ނަމަ ބީޗްއަށް ފޭބުން މަނަލެވެ. ދިވެހިންގެ އަތްމަތި ތަނަވަސްކޮށްދީ، ގައުމު ކުރިއެރުވުމުގެ ގޮތުން ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި 2009 ވަނަ އަހަރު ނިމެނިކޮށް ޓޫރިޒަމްގެ ގާނޫނުގެ ދަށުން ގެސްޓްހައުސް ވިޔަފާރިއަށް ޚާއްސަ ގަވާއިދާއި، އުސޫލެއް ކަނޑައެޅި، މިވިޔަފާރި ކުރުމަށް ހުއްދަ ދެވިގެންދިޔަ މައިގަނޑު ސަބަބަކީ ވަކި ބަޔަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށެވެ. އަމިއްލަ ރަށުން އަމިއްލައަށް އާމްދަނީ ހޯދައިދިނުމަށްޓަކައެވެ. ރަނގަޅު މަގުސަދެއްގައި ފެށި ނަމަވެސް މަދު ބައެއްގެ އަމަލުތަކުން މިއަދު މަގުސަދު ހާސިލްނުވެ ދިވެހިން މިދަނީ އަމިއްލަ ފަސްގަނޑުގައި އަޅުވެތިވަމުންނެވެ. އެއްވެސް އުސޫލެއް ނެތި ރަށުގެ ބޮޑު ބީޗެއް ގެސްޓްހައުސް ވިޔަފާރި ހިންގާ މީހުންގެ އަމިއްލަ މުދަލަށް މިއަދު ހަދައިފިއެވެ. މިއަޑު ނުކެޑިގެން އުޅެނިކޮށް މިއޮތީ އަނެއްކާ ވެސް ރަށު ފަތުރުވެރިކަން ދިވެހިންގެ އަތުގައި ހިފާފައެވެ.

“ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ”ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ރަށްރަށުން ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރީ ޖުލައި 29 ގައެވެ. އެގޮތުން 11 ރަށަކުން ބިން ދޫކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވީ އެ 11 ރަށަކީ ހއ. ފިއްލަދޫ، ދައްޕަރު ސަރަހައްދާއި، ހއ. އުލިގަން އަދި ހއ. ކެލާގެ އިތުރުން އައްޑޫ ސިޓީގެ 6 ރަށަކާއި ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަހައްދު ކަމަށެވެ. އަދި މިސަރަހައްދުތައް ކަނޑައަޅާ ހަމަޖެއްސީ އެރަށްރަށުގެ ކައުންސިލާ މަޝްވަރާކުރުމަށްފަހު ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ މިނިންމުމާއެކު ގިނަ ބަޔަކު މިހާރު ދަނީ ނުރުހުންފާޅުކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ނުރުހުންފާޅު ކުރަމުންދަނީ ގިނަ ދިވެހިން މިހާރު ވެސް ގޮސް އުޅޭ ފުވައްމުލަކު ތުނޑީ ސަރަހައްދު ރަށު ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމީމައެވެ. މިއީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިކަން ހުއްޓުވައިދިނުމަށް ވެސް ފުވައްމުލަކު ރައްޔިތުންގެ އިތުރުން ބައެއް ދިވެހިން ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

Adam Abdulla@edzyadam

Fuvahmulah Thoondu adhi ethan himeney sarahadhah dhen vanee mihen baa?
It is time that we put an end to this enclave gated tourism branded as ‘local tourism’.
What are the other islands that are being sliced off like this? Lets collectively organize to resist this insanity.

View image on TwitterView image on TwitterView image on TwitterView image on Twitter
35 people are talking about this

Yussie Mohamed@yusssie

Fuvahmulah Thundi is the only place the locals use for picnics as there are no Islands nearby. Blocking a part of Thundi for Island Tourism is not a well thought out ‘Master Plan’. We do not need development at the cost of our peace of mind!!http://mikalnews.com/news/6727/ 

Rashu Fathuruverikamah FVM City Thundin Bindhookuran ninmaifi

mikalnews.com

73 people are talking about this

ރަށު ފަތުރުވެރިކަމަށް 11 ސަރަހައްދެއް ދޫކުރުމަށް ނިންމާފާއިވައިރު ގިނަ ބަޔަކު ފުވައްމުލަކު ތުނޑިދޫކުރުމާ ދެކޮޅަށް ތެދުވާނީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެއެވެ. އެއީ އެހެން ރަށްތަކާއި ހިލާފަށް ގުދުރަތީ ރީތީ މުއްސަނދިކަމެއް ލިބިފައިވާ ފުވައްމުލަކުގެ އެންމެ ހިތްގައިމު އެއް ތަނަކީ އެރަށު ތުނޑި ކަމަށްވާތީއެވެ. ތަނަށް ލައްގާ ވެލިފުށްތަކުގެ ސައިޒާއި އޮމާންކަމާއި ރީތިކަން އެހެން އެއްވެސް ރަށަކަށް ލައްގާ ވެއްޔާ އެއްގޮތެއް ނުވާނެއެވެ. އެރަރަށް ގިނަ މީހުން ދަނީވެސް މިތުނޑި ބަލާލާ އެތަނުގެ ގުދުރަތީކަމުން ހިތްއުފާ ކުރާށެވެ.

ނަމަވެސް ރަށު ފަތުރުވެރިކަމުން އެތަން ނެގުމަށްފަހު ދިވެހިންނަށް އެސަރަހައްދަށް ދިއުން މަނާވާނެ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ. ގެސްޓްހައުސް ވިޔަފާރިއާއެކު ބައެއް ބީޗްތަކުގައި ދިވެހިން ވަނުން މަނާވި އުސޫލުން ފެންސް ޖަހާ ބަންދުކުރާނެ ކަމަށް އެތަކެއް ދޫތަކަކުން ދަނީ ބުނަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިން މާޔޫސްކުރުން ނޫން ނަމަވެސް މިއަދު ދިވެހިން މާޔޫސްވީ މިހާރު ވެސް އެގޮތަށް ކަންތައްތައް ވަމުންދާތީއެވެ.

ހަމަހަމަ އުސޫލެއް ހަދާ, ވިޔަފާރި ހިންގުމަށްދޫކުރި ނަމަވެސް އަމަލެއް ނުކުރެއެވެ. ގަވާއިދާ އެއްގޮތަށް ހިންގާތޯ ބަލައި މޮނިޓަރ ކުރާނެ ބަޔަކު ވެސް ނެތެވެ. އެހެންނަމަ ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ދިވެހިންނަށް ދިވެހިންގެ މޫދަށް އެރުން މަނާކޮށް، ބިކިނީ ލައިގެން އުޅޭ ފަތުރުވެރިން ރަށުގެ ތެރެއިން ނުފެނުނީސްތާއެވެ. ޓޫރިޒަމް މިނިސްޓްރީންނާއި، ރަށު ކައުންސިލްތަކުން ފިޔަވަޅު އަޅާނަމޭ، ހަރުދަނާ ކުރާނަމޭ ބުނުން ނޫން ކަމެއް މިއަދާ ހަމައަށް ކޮށްފައިވާތަން ފެންނާކަށް ނެތެވެ. މައްސަލަ ދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންނެވެ. އެހެންވީމަ ރަށު ފަތުރުވެރިކަމަށް ފުވައްމުލަކު ތުނޑިދޫކުރުމަށް ގިނަ ދިވެހިން ބޭނުންނުވާނެތާއެވެ.

ގެސްޓް ހައުސް ވިޔަފާރި ހިންގާ ފަރާތްތަކުން ގެސްޓުންނަށް ޚާއްސަ ކޮށްފައިވާ ބީޗްގައި ފެންސް ޖަހާ ބަންދުކޮށްފައި

މިމައްސަލައާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ކޮންމެ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ރައްޔިތުންނާ ގުޅިގެން ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ތުނޑި ސަރަހައްދު ފަތުރުވެރިކަމަށް ދޫކުރިނަމަވެސް ދިވެހިންނަށް ވަދެވޭނެ ކަމަށާއި، އެއުސޫލު އެކުލަވާލާފައި އޮތީ އެގޮތަށް ކަމަށެވެ.

ލިރާރު ވިދާޅުވީ ރަށު ފަތުރުވެރިކަމުގެ ސަބަބުން ރަށްށަށާއި، ރައްޔިތުންނަށް އެތައް ގޮތަކުން ކުރިއެރުން ލިބޭނެ ކަމަށާއި، އެތަކެއް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި މިއީ ގައުމަށް ލިބޭ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިޓީ ހޮޓެލްތައް އެޅުމުން އެކަމުގެ ފައިދާ ކުރާނީ އަޅުގަނޑުމެންނަށް. އެކަމުގެ ސަބަބުން ތުނޑި ސަރަހައްދަށް ދިވެހިންނަށް ދިއުން މަނާ ނުވާނެ. އެކަން ވަރަށް ސާފުކޮށް އުސޫލުގަ އެބައޮތް. ގިނަ ދިވެހިންނަށް ނޭނގެނީކަންނެތްގެ މިކަންތައް.

~ ލިރާރު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށު ފަތުރުވެރިކަމަށް ދޫކުރުމަށް ކަނޑައަޅާފައިވާ އައްޑޫ ސިޓީ، ލ.ގަމާއި ހއ. ފިއްލަދޫއާއި، އުލިގަމް އަދި ކެލާގެ ކައުންސިލުން މިކަމަށް ވާނީ ތާއީދުކޮށްފައެވެ. ކައުންސިލުން ބުނީ ރައްޔިތުންނަށް މޫދަށް އެރުން ދަތިނުވާނެ ކަމަށާއި، ޕިކްނިކް ދިއުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅި ހެދިގެންދާނެ ކަމަށެވެ.

މުހައްމަދު ޝާފިއު@shafdawn

Thoondu belongs to the locals.
We, the people of Fuvahmulah must have the ancient right to access our most precious nature’s gifts. Leave Thoondu as it is for locals to enjoy PLZ!

View image on Twitter
57 people are talking about this

ކައުންސިލްތަކުގެ ބަހާއި ސޯޝަލް މީޑިއާގައި އާންމުންފާޅުކުރާ ހިޔާލު ވަރަށް ވެސް ތަފާތެވެ. އުސޫލު ދެފަރާތަށް ހަމަހަމަވި ނަމަވެސް އުސޫލާ އެއްގޮތަށް އަމަލުކުރާނެ ކަމާއިމެދު ގިނަ މީހުން ސުވާލު އުފައްދައެވެ. ގެސްޓްހައުސް ވިޔަފާރިއަށް ޚާއްސަކޮށްފައި އޮންނަ ބީޗަށް ދިވެހިން ދިއުމުން ދިވެހިން ނެރެލާ އުސޫލުން ރަށު ފަތުރުވެރިކަމަށް ޚާއްސަ ކުރާ ސަރަހައްދުތަކުން ވެސް މީހުން ނެރޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއީ ދިވެހިން ދިވެހިންގެ ގައުމުގައި އަޅުވެތިވުން ނޫންތޯއެވެ؟

ގާނޫނުތަކާއި ގަވާއިދުތައް ހެދި އެއަށް އުސޫލުތައް ބިނާކުރެވިގެންދާއިރު އޭގެ މައްޗަށް އަމަލު ކުރެވިދާތަން މަދުފަހަރަކު ފަހަރަކުއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅި މިނިޒާމް ހަރުދަނާ ކުރަންޖެހެއެވެ. ރަށްރަށުގައި އުޅޭ ފަތުރުވެރިންނަށް ވެސް އެރަށްރަށުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފަހައްޓަން ބާރުއަޅަން ޖެހެއެވެ. ޖަޒީރާވަންތަކޮށް މުޅި ރާއްޖެ ތަރައްގީކުރާނަމަ ބަންދު ބޯޑު އެޅުވުމާއި، ފެންސް ޖެހުން ހުއްޓުވަން ޖެހެއެވެ. ނޫން ނަމަ ފުވައްމުލަކުގެ ތުނޑިއަށް ދިއުމަށް މަނާ ބޯޑު އަޅުވާ މަންޒަރު ފެނުމަކީ މާދުރުގައި ވާނެ ކަމެއް ނޫނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކާށީގެ އަގުވެސް ރަނަށް، ކާއްޓެއް 18 ރުފިޔާއަށް

ދިވެހި ޕޯސްޓް

އޮޑެގައްލާގެ އެއްބަސްވުން ބާތިލު ކުރަން ސަރުކާރުން ނިންމައިފި

ދިވެހި ޕޯސްޓް

ހެލްމެޓް އަޅަން މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ

ދިވެހި ޕޯސްޓް