މަޖިލިސް

އިންތިހާބުގައި ވާދަކުރުމަށް 329 ފަރާތަކުން ފޯމު ހުށަހަޅައިފި

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 329 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް ފޯމު ހުށައަޅާފައިވަނީ ހަތް ޕާޓީއަކާއި އަމިއްލަ ގޮތުން ވާދަކުރާ ބައެއް ފަރާތްތަކުން ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން 86 ކެންޑިޑޭޓެއް ފޯމް ހުށައަޅާފައިވާއިރު، އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ފަރާތުން 8 ކެންޑިޑޭޓެއްގެ ފޯމު ވަނީ ހުށަހަޅާފައެވެ. ޕީޕީއެމްގެ ފަރާތުން 26 ކެންޑިޑޭޓުންގެ ފޯމު ހުށަހެޅިއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން 39 ކެންޑިޑޭޓުންގެ ފޯމު، ކޮންގްރެސް ޕާޓީގެ ފަރާތުން 23 ފޯމު، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެސްޓް (އެމްޓީޑީ) ގެ ފަރާތުން 5 ފޯމު އަދި ޑީއާރްޕީގެ ފަރާތުން 4 ކެންޑިޑޭޓެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް މިއަދުގެ ނިޔަލަށް 130 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި 87 ދާއިރާ އަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އެމްޑީޕީން 86 ދާއިރާ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ފަރާތުން 8 ދާއިރާއެއް ވާދަކުރުމަށް ވަނީ ނިންމާފައެވެ. ޖުމްހޫރީ ޕާޓީން 45 ދާއިރާ އަށް ވާދަކުރާނެކަން މިހާތަނަށް އިއުލާންކޮށްފައިވާއިރު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން 63 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ހަމަވާނެއެވެ. މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވަޒީރުން ވައްކަން ކުރަން ފުރުސަތެއް ނުދޭނަން: ޣަފޫރު

ދިވެހި ޕޯސްޓް

ވަޒީރުންނަށް ރުހުން ދޭން ފަށައިފި

ދިވެހި ޕޯސްޓް

މަޖިލިސް ވޯޓް ގަންނާނެއްބާ

ދިވެހި ޕޯސްޓް