ދީން

ކުއްލި މަރު އިތުރުވުމަކީ ޤިޔާމަތުގެ އަަލާމާތެއް

ކުއްލި މަރު އިތުރުވުމަކީ ޤިޔާމަތުގެ އަލާމާތެއް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ދީނީ އިލްމުވެރިޔާ ޝައިޙް މުޖުތަބާ ހަމީދު ވިދާޅުވެެއްޖެއެވެ.

‘ގިޔާމަތުގެ އަލާމާތްތަށް” މި ސިލްސިލާގެ ދަށުން ޖަމިއްޔަތުއް ސަލަފުން އިސްނަގައިގެން ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ދެމުން ގެންދާ ދަރުސްތަކުގެ ތެރެއިން މިއަދުގެ ދަރުސްގައި ޝައިހް މުޖުތަބާ ވަނީ ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރެއިން ހަތަރު އަލާމާތަކަށް އަލި އަޅުވާލާފައެވެ.

އެގޮތުން ޝައިހް އަލި ފުރަތަމަ އަޅުވާލެއްވީ ދަހިވެތިކަމުގެ މަށްޗަށެވެ. އެގޮތުން ދަހިވަތިކަން އާންމުވެ ފެތުރުމަކީ ޤިޔާމަތުގެ އަލާމާތެއް ކަމުގައި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރައްވާފައިވާ ކަމުގައި ޝައިހް މުޖުތަބާ ވިދާޅުވިއެވެ. އަދި ދަހިވެތިކަމުގެ ސިފައިން ރައްކާތެރިވެ ތިބުމަށް އެންމެހާ އަހުންނާއި އުހުތުންނަށް ޝައިހް ވަނީ ވަސިއްޔަތް ކޮށްފައެވެ.

ޤިޔާމަތުގެ އަލާމާތްތަކުގެ ތެރޭގައި މުދަލަށް ލޯބިކުރުން އިތުރުވުން ނުވަތަ މުދާގިނަވުން ހިމެނޭ ކަމަށްވެސް ޝައިހް ވިދާޅުވިއެވެ. މުދަލަށް ލޯބިކުރުމަކީ ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރެއިން ދެވަނައަށް ފާޅުވާނެ އަލާމާތްތަކުގައި އިލްމުވެރިން ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށްވެސް ޝައިހް ވިދާޅުވިއެވެ. އަދި މުދާގިނަވެ ވިޔަފާރިތަށް އިތުރުވަމުންދާ ކަން ފާހަގަ ކުރަމުން ޝައިހް ވަނީ އަންހެނުން ވިޔަފާރީގައި ހަރަކާތްތެރިވާ މިންވަރު އިތުރުކަން ފާހަގަކޮށްފައެވެ.

“މީގެ އަހަރުތަކެއް ކުރިން އަންހެނުން ވިޔަފާރީގެ އިސް ސަފުގައި ހަރަކާތްތެރިވުމަކީ އެހާ އާންމު ކަމެއް ނޫން. ނަމަވެސް މިއަދު މި ފެންނަނީ މުޅިން ތަފާތު މަންޒަރެއް. އަންހެން ވިޔަފާރިވެރިން މިވަނީ އިތުރުވެފައި. އަޅުގަނޑުމެންގެ ތެރެއިން ކިތަށް އަންހެނުންތޯ ފިރިމީހާ ގޭގައި ބަހައްޓާފައި ރާއްޖެއިން ބޭރަށް ވިޔަފާރިތަކުގައި ދަނީ. ހަމަ ޔަގީނުންވެސް އެއީ ގިނަ އަދަދެއް”  ޝައިހް ވިދާޅުވުިއެވެ.

ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރޭގައި ގަތުލުކުރުން އާންމު ވުމާއި ކުއްލި މަރު އިތުރުވުން ހިމެނޭ ކަމަށް ވެސް ޝައިހް މުޖުތަބާ ވިދާޅުވިއެވެ.

“ގިޔާމަތުގެ އަލާމާތެއް އެއީ ގަތުލް އާންމުވުން. އެއްގޮތަކަށްވެސް އެއީ ކާފަރުންނާއި ދެކޮޅަށް ކުރާ ޖިހާދެއް ނޫން. މިތަނުގައި ގަތުލް މި މާނަ ކުރެވެނީ އެއްމުސްލިމަކު އަނެއް މުސްލިމަކު ހައްގަކާ ނުލައި މެރުން. މިކަން މިވަނީ މިޖުތަމައުގައި ވަރަށް އާންމު ވެފައި” ޝައިހް ވިދާޅުވިއެވެ.

އަދި އުސްމާންގެފާނު ޝަހީދުކޮށްލެވުނު ފިތުނައަށް ފަހު މުސްލިމުންގެ  ތެރޭގައި އެކި އެކި ޒަމާންތަކުގައި ބައިބައިވުން އުފެދި އެތަށް ބަޔަކު ގަތުލް ކުރެވިފައިވާ ކަން ވެސް ޝައިހް މުޖުތަބާ ފާހަގަކުރެއްވިއެވެ.

ޤިޔާމަތުގެ ބޮޑެތި އަލާމާތްތަށް ފާޅުވަންދެން  ގަތުލްކުރުން ފަދަ ކަންކަން ދެމިގެންދާނެ ކަމުގެ ޚަބަރު ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ދެއްވާފައިވާ ކަމުގައިވެސް ޝައިހް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ތެރެެއިން ކިތަށް މީހުންތޯ ހަމަ ކުއްލިއަކަށް ހުރެފަ މަރުވަނީ. އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުން މަރުވާ މިންވަރު މިވަނީ އިތުރުވެފައި. އެކި އެކި ސަބަބުތަކާއި ހުރެ ޒުވާން އުމުރުގައި މީހުން މިދަނީ މަރުވަމުން. ވިސްނައިފި ބަޔަކަށް މީ ކޮން ފަދަ ބޮޑު އިބްރަތެއް ތޯ” ޝައިހް ވިދާޅުވިއެވެ.

އިސްވެދިޔަ ކަންތަށްތަކަކީ ފާޅުވެފައިވާ އަދި މުސްތަގުބަލުގައިވެސް ފާޅުވުން އެކަށީގެންވާ އަލާމާތްތަށް ކަމުގައި ޝައިހް ވިދާޅުވިއެވެ.

ޝައިހް މުޖުތަބާގެ ދަރުސް ނިންމާލަމުން މުޖުތަމައުގެ އެންމެހާ އަހުންނާއި އުހުތުންނަށް ވަނީ ނަމާދަށް ފަރުވާތެރުވުމަށާއި މަރަށް ބިރުުވެރިވެ މަރަށް ތައްޔާރުވުމަށް ނަސޭހަތްތެރިވެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މޫނު ބުރުގާ އެޅުން ހުއްދަވާ ގޮތައް ސިވިލް ސާވިސް ކޮމިޝަނުން ޤަވައިދު މަނާކޮށްފި

ދިވެހި ޕޯސްޓް

“މަޖުބޫރުން” މުސްލިމަކަށް ވެގެން އުޅޭ ދިވެހި އަންހެނަކު، ފާޅުގައި ދީނާ ދެކޮޅު އެތައް ވާހަކައެއް ފަތުރަނީ

ދިވެހި ޕޯސްޓް

ކައިވެނި އުފާވެރިކަމާއިއެކު ދަމަހައްޓަން ދެމަފިރިންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ދެކަމެއް!

ދިވެހި ޕޯސްޓް