ސިޔާސީ

ކޯޓުގައި ޕީޕީއެމް ތަމްސީލްކުރާނެ ވަކީލުންގެ ޓީމެއް ނަގައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ނިންމީ އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުމާއި ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ޕީޕީއެމް ތަމްސީލްކުރާނެ ވަކީލުންގެ ޓީމެއް ނެގުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

 

ޕީޕީއެމްގެ އާ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދު “މިހާރު” އަށް ވިދާޅުވީ ޕީޕީއެމްއާ ގުޅޭ މައްސަލަތަކެއް ކޯޓްތަކުގައި ކުރިއަށްދާތީ އެ ޕާޓީ ތަމްސީލު ކުރަން ތިން ވަކީލަކު ހަމަޖައްސާފައިވާ ކަމަށެވެ. އެއީ، ކ. ގުރައިދޫ ޖަންބުމާގެ އިބްރާހިމް ރިޒާ އާއި ޅ. ނައިފަރު ނަސީމާ މަންޒިލް، އަބްދުﷲ ޝިޔާޒްގެ އިތުރުން ފުވައްމުލަކު ދޫޑިގަން ގޯލްޑަން ގޭޓް، އަހުމަދު ޝަހީދު ކަމަށް މަތީން ވިދާޅުވި އެވެ.

މި ބޭފުޅުންގެ ތެރެއިން އަބްދުﷲ ޝިޔާޒަކީ ޔާމީންގެ ގާނޫނީ ޓީމްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މަތީން މިރޭ ޕީޕީއެމަށް އަލުން ސޮއި ކުރެއްވި އިރު އޭނާ މިދިޔަ ހަފުތާގައި ޕީޕީއެމްގެ ލީޑަޝިޕުން އަލަށް އުފެއްދި ޕީއެންސީ އަށް ސޮއި ވެސް ކުރެއްވި އެވެ. އެކަމަކު މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބޭއްވި އިރު އެ ޕާޓީގެ މިލްކުވެރިކަމާ މެދު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް އެ ޕާޓީގެ އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވަނީ ހުށަހަޅުއްވައިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕީޕީއެމް މައްސަލައިގެ ތެރެއަށް މައުމޫން ތަދައްޚުލްވާން ނިންމައިފި

ދިވެހި ޕޯސްޓް

ހުރިހާ ދާއިރާއަކަށް ޖޭޕީން ވާދަ ކުރަން ނިންމުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް: ނަޝީދު

ދިވެހި ޕޯސްޓް

ޕީޕީއެމް މެމްބަރަކު ނުހޮވައި މަޖިލިސް އިންތިޚާބަށް ކޮމިޓީއެއް ހަދައިފި

ދިވެހި ޕޯސްޓް