ޕްރައިމަރީ

ނަޝީދު އުޅުއްވަނީ ފުލުހުންނަށް ނުފޫޒު ފޯރުވަން ކަމަށް ޖަމީލް ވިދާޅު ވެއްޖެ

ކެނެރީގޭ ނަޝީދު އުޅުއްވަނީ ފުލުހުންނަށް ނުފޫޒު ފޯރުވަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅު ވެއްޖެއެވެ.

ފުލުހުން ނަޝީދަށް ފާރަލާކަމަށް ވިދާޅުވެ ނަޝީދު ފުލުހުންގެ މައްޗަށް ކުރައްވާފައިވާ ބޮޑު ތުހުމަތައް އިޝާރާތްކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ނަޝީދުގެ ނަން ފާހަގަ ނުކުރައްވާ ނަމަވެސް ނަމަވެސް ނަޝީދަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށައި ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން ކަމަށެވެ.

“ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް. ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން. ނޫނީ، ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ.” ޖަމީލް ވިދާޅުވިއެވެ.

ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް. ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން. ނޫނީ، ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެއެވެ.

ރޭ އެމްޑީޕީ އިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފްގެ ފަރާތުން މީގެ ތިން ރޭ ކުރިން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ ފަރާތުން މިކަހަލަ މައުލޫމާތެއް ދީފާނެބާ އެއީވެސް ސުއާލެއް.ނަޝީދު ހެޔޮ ނުވާނެ މިހާރު ރައްޔިތުން ބޮލަށް ތި ޗިޕްތައް ލޯޑް ނުކުރެވޭނެ. އަބަދުވެސް ދޮގާއި މަކަރާއި އޮޅުވާލުން.ނަޝީދުއަށް ފުލުހުން ފާރަލާން ޖެހެނީ ކީއްވެބާ؟ ފާރަލަންޏާ ފާރަލަނީ ރިލުވާން މަރާލި ކަމަށް ސިއްރު ހެކިދިން މީހުނަށް  ނަޝީދު ނުފޫޒް ފޯރުވާފައި ވާތީއާއި ނަޝީދު އެމީހުނާއި ބައްދަލު ކުރަމުންދާތީކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

“އަޅުގަނޑު ގާތުގައި އެމްއެންޑީއެފް އިން މީގެ ތިން ރޭ ކުރީގައި ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ. ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ. އަދި އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. އެހެންނަމަވެސް އަޅުގަނޑު މިހިރީ މިވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ފުލުހުން ވެސް އަދި ސިފައިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އޯއައިސީގެ އެންމެ މަތީ މަޤާމުތަކުގައި ދެދިވެހިން

ދިވެހި ޕޯސްޓް

މަޖިލީސް ޖަލްސާގައި އެމްޑީޕީ މެމްބަރުން ޖާބިރާއި ޖައްސާލައިފި

ދިވެހި ޕޯސްޓް

ޑިޒައިނަރު ކާލް ލެގަރފެލްޑް މަރުވެއްޖެ

ދިވެހި ޕޯސްޓް