ޕްރައިމަރީ

ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ – އިޔާޒް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަތުރާ ފިކުރުތަކުން ސަލާމަތްވާން މަސައްކަތް ކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ބަނގުރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށެވެ.

“މި ނުރައްކަލުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ, ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ” އިޔާޒު ކުރެއްވި ޓުވީޓުގައި ވެއެވެ.

ރޭ ތޮއްޑޫގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.

“ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިޑާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީވަމުން މިއަންނަނީ އަނެއްްކާޥެސް އެއްވެސް އިރެއްގައި އެމަނިކުފާނު ދުށްގޮތަކަށެއް ނޫން ކަމަށެވެ.

“އަޅުގަނޑަށް ޔަޤީން ކަށަވަރު 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެންގެ ސަރުކާރުން ނިންމިއިރުގައި ހިތަކަށް ނާރާނެ އެއީ އެތައް މިލިއަން، އެތައް ބިލިއަން ރުފިޔާއެއްގެ ވިޔަފާރިއެއް އަޅުގަނޑުމެން ހުޅުވާލަނިއްޔެކޭ.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި މާރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް ކަމަށާއި އެވިޔަފާރިން ފައިދާ ނެގޭނެ ކަން އެއީ ކިރިޔާވެސް މި މައްސަލައާ ގުޅޭގޮތުން ވިސްނާލައިފިނަމަ އަބަދުވެސް އެނގެން އޮތް ހަޤީގަތެއް ކަމަށެވެ.

ރަލުގެ ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދި ވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އާއްމުންގެ ގިނަ ބައެއްގެ ދެކޮޅު ހެދުންތަކުގެ ސަބަބުން ސަރުކާރުން ބޭނުންވި ގޮތައް އެހުއްދައެއް ނުދެވުނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕާޓީއެއްގެ ނުފޫޒަށްޓަކައި ވޯޓު ދީފިނަމަ އެ ގެއްލެނީ ތިމާގެ ހައްގެއް – މަޖީދު

ދިވެހި ޕޯސްޓް

ބިގަށް 78 މިލިއަން ދޭން ޖެހޭ މައްސަލާގައި ކޮމިޓީ ނުބޭއްވުނު

ދިވެހި ޕޯސްޓް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާނުގެ ބޯޓެއް އަތުލައިގެންފި

ދިވެހި ޕޯސްޓް