ޕްރައިމަރީ

ރާޅުގަނޑަށް ހިލަ އަރައި ކަޅުކޮށްލައިފި

މާލޭގެ ރާޅުގަނޑު ސަރަހައްދުގެ އަތިރި މައްޗަށް ގިނަ އަދަދަކަށް ހިލަ ލައްގައި އެ ސަރަހައްދުގެ ވެލިގަނޑު ވަރަށް ބޮޑަށް ކަޅުވެއްޖެ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ލަފާކުރައްވާގޮތުގައި މިހާރު އެ ވަނީ ކަނޑަށް އެޅިފައިހުރި ހިލަތައް ލައްގައި ނިމިފަ އެވެ.

ރާޅާއެޅުމަށް މީހަކު ރާޅުގަނޑަށް އެރެނީ، އެ ސަރަހައްދަށް ވަނީ ގިނަ އަދަދަކަށް ހިލަ އަރާ ކަޅުވެފައި

ނަމަވެސް އޭގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމަކަށް ނައީމް ގަބޫލެއް ނުކުރައްވަ އެވެ. ސަބަބަކީ އެ ސަރަހައްދުގެ ފަރަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަހައްދަކަށް ވާތީ އެވެ.

“ބޯޓު ފަރަށް އަރައިގެން ވަރަށް ބޮޑަށް އެ ހިސާބުގެ ފަރު ވަނީ ކުރިން ހަލާކުވެފައި. އެހެންވީމަ ވަކި މައްސަލައެއްގެ ގޮތުގައި އެކަމެއް ނުބަލަން،” ނައީމް ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތަށް ފަހު މިދިޔަ އަހަރުގެ ފަހުކޮޅު އެ ތަން އަލުން ހުޅުވާލި އިރު ބޮޑެތި ދަގަނޑު ހޮޅި ފަދަ ނުރައްކާތެރި ސާމާނު މޫދުގައި ހުއްޓެވެ. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ރާޅާއަޅަން އެ ސަރަހައްދަށް އެރޭއިރު އަދިވެސް އެ ތަން އޮތީ އެއްކޮށް ސާފުނުކޮށެވެ. ނަމަވެސް ހޮޅިތައް ވަނީ ނަގަން ފަށައިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލިސް އިންތިހާބުގައި ވާދަކުރަން މިހާތަނަށް 97 ފޯމް ހުށަހަޅައިފި

ދިވެހި ޕޯސްޓް

ޕްރައިމަރީގައި ވާދަކުރާ އަންވަރު އަތުން ލިބޭ ޖެހޭ ފައިސާއެއް ހޯދުމަށް މުސްތަފާ ކޯޓަށް

ދިވެހި ޕޯސްޓް

ރިލްވާންގެ މަންމަ ރައީސަށް: އާދޭސް ކުރަން، އިންސާފު ހޯދައިދީ!

ދިވެހި ޕޯސްޓް