ޕްރައިމަރީ

އެމްޑީޕީ ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާއެއް ނުދެވޭނެ – ނަޝީދ

ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓުންނަށް މި ސަރުކާރުގައި ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމުގައި އާއި އެ ހުރިހާ އެންމެނަށް ވަޒީފާ ދީފިނަމަ ތަރައްޤީއަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.މިހަަރުވެސ ނަޝީދު ބޭނުންވާ އެންމެނަށްތިބީ ވަޒީފާ ދީފަ އަނެއްކާވެސް އެމްޑީޕީ އެކްޓިވިސްޓްން ބޮލަށް ޗހިޕް ލޯޑްކޮއްލީ ކުެިމަތިވަމުން އަންނަ ލޯކަލް އިންތިހާބަށް އެމްޑީޕީއަށް ތެދުވެރި މެމްބަރުނ ދުރަށް ގޮސްދާނެތީއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ބައެއް އެކްޓިވިސްޓުން ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ، މި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަން ވާނެ ކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

“ރަނގަޅު، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ކަމެއް އޮންނަން ވާނެ. އެ މީހުން ވެސް ކަމެއްގައި އުޅެން ވާނެ. އެކަމަކު ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ އެއީ ވާނެ ކަމެއް ނޫން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 700 ނުވަތަ 800 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރާކަމަށެވެ. އެހެންކަމުން ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށްފަހު، ފެނާއި ތެލާއި ކަރަންޓާއި މަރާމާތަށް ކަނޑާފައި ތަރައްޤީއަށް އޮންނާނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވައި، ރައީސް ނަޝީދު ވިދާޅުވީ، އޭރުން ތަރައްޤީއަށް އެއްޗެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެ ޕާޓީގައި ކުރިން މަސައްކަތްކޮށްފައިވާ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ މި ދަނޑިވަޅުގައި އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ، މި ސަރުކާރުން ވެރިކަމަށް އައީ އެންމެންނާއި މެދުވެސް ހަމަހަމަ އުސޫލަކުން ކަން ކުރުމުގެ ވަޢުދާއެކު ކަމަށެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން އެ ޕާޓީގެ “ފްލެގްމޭން”ގެ ގޮތުގައި މަސައްކަތްކުރި މީހަކު އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި މިހާރު އިންނަ ކަމަށް ބުނެ ފޮޓޯތަކެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވެސް ވަނިކޮށެވެ.

މިކަމާއި ގުޅިގެން މިހާރު ޖެންޑާ މިނިސްޓްރީން އޭނާ ހޯދާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އިއްޔެ އެ މިނިސްޓްރީން ވަނީ އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ޙިއްސާކުރުމަށްވެސް އެދިފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލޯނަށް އެދެން އަލުން ހުޅުވާލާނަން، މިފަހަރު އުނދަގުލެއް ނުވާނެ: ހަޔަ އެޑިއުކޭޝަން

ދިވެހި ޕޯސްޓް

މުހިންމީ ބޮޑެތި ޕްރޮޖެކްޓެއް ނޫން، ޕްލޭން ކޮށްގެން ކަންކަން ކުރިއަށް ގެންދިއުން: މިނިސްޓަރު ފައްޔާޒް

ދިވެހި ޕޯސްޓް

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

ދިވެހި ޕޯސްޓް