ޕްރައިމަރީ

ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް: މެމްބަރު ސަލީމް

ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް ކަމަށާއި، ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި މެމްބަރު ސަލީމް ވިދާޅުވީ ހޯރަފުއްޓަކީ ދަރިންނަށް ތައުލީމު ދިނުމަށާއި، ދަރިންނަށް އުނގަންނައި ދިނުމަށާއި، ދަރިން މީހުންނަށް ހެދުމަށް ވަރަށް މަސައްކަތް ކުރި އަދި މިހާރު ވެސް މަސައްކަތް ކުރަމުންދާ މައިންބަފައިން އެކުލެވޭ ރަށެއް ކަމަށެވެ. އަދި އެލިބުނު ތައުލީމާއި، ލިބެމުންދާ ތައުލީމުގެ ތެރެއިން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައްވާ މެމްބަރު ސަލީމް ވިދާޅުވީ މީގެ ކުރިން ގަބޫލުކުރެވިފައި އޮންނަނީ ތަރައްގީގެ ޕްލޭން އަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ހަގީގަތުގައި ތަރައްގީ އަކީ އެ ރަށަކުން އުފަންވާ އެއްޗެއް ކަމަށާއި، އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތެއް އެރަށެއްގެ ރައްޔިތުން އެރަށަކާ މެދު ދެކޭ ގޮތުން ގެނެވޭ އެއްޗެއް ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި އުންމީދުކުރަނީ ހޯރަފުށީގެ ރައްޔިތުން ނިންމާނެ ކަމަށް ކުރިއަށް އޮތް 10 އަހަރު އޮންނަނީ ކިހިނެތްކަން. އޮންނަން ބޭނުންވަނީ ކިހިނެތްކަން. އަދި އެފަދަ ޕްލޭނެއް އެކުލަވާލެވި، ކުރެހުންތައް އަޅުގަނޑުމެންނަށް ތައްޔާރުކުރެވި އެފަދަ މުހިންމު ދާއިރާތައް އަޅުގަނޑުމެންނަށް ކަނޑައެޅި ސަރުކާރަށް ހުށަހެޅިއްޖެ ކަމުގައި ވަނީ ނަމަ ސަރުކާރަށް ކިތަންމެ ތަނަކުން ފަސޭހަވެގެންދާނެ ކަންކަން ކުރަންވީ ގޮތް. އަދި ކަންކަން ކުރަމަށް ވަސީލަތްތައް ހޯދާނެ ގޮތްތައް މިއީ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކެނީ.

~ މެމްބަރު ސަލީމް ވިދާޅުވި

މެމްބަރު ސަލީމް ވިދާޅުވީ ހޯރަފުށީ ކައުންސިލުން އިސްނަންގަވާ މި ދެއްކެވި ނަމޫނާ ވަރަށް އުފަލާއެކު ބަލައިގަން ކަމަށާއި، ރައްޔިތުންނަށް ޕްލޭންތައް އެކުލަވާލުވުމުގައި އިސްނަގަންޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕްއާ ބެހޭ ގޮތުން އިތުރަށް މެމްބަރު ސަލީމް ވިދާޅުވީ ރަށުގެ ސާރވޭތައް ހެދި ގިނަ ފަރާތްތަކާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ވޯކްޝޮޕެއްގެ ގޮތުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ މަޝްވަރާ ކުރެވި އުފަންވާ ހިޔާލުތަކަކުން އަދި އިތުރަށް ޕްލޭން ފުރިހަމަ ވެގެންދާނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މިހާރުގެ މެމްބަރުންގެ ތެރެއިން ޓިކެޓު ގެއްލުނީ ފަސް ބޭފުޅަކަށް

ދިވެހި ޕޯސްޓް

ޖީއެމްއާރާ އެކު އެއްވެސް ވާހަކައެއް ނުދައްކަން: ފަައްޔާޒު

ދިވެހި ޕޯސްޓް

ﷲ ގެ އިސްމުފުޅު ތާނައިން ލިޔެފައިވާ ލިޔުމެއް އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވައިފި

ދިވެހި ޕޯސްޓް