ޕްރައިމަރީ

ތުހުމަތު ކުރާ ދެ ފުލުހުން އަލުން ވަޒީފާއަށް ނެރުނީ ޓްރާންސިޝަން ޕީރިއަޑުގައި: ފުލުހުން

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ސަސްޕެންޑު ކުރުމަށް ފަހު އަލުން ވަޒީފާއަށް ނެރިފައި ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް އޭނާގެ ޕާސްޕޯޓުގެ ކޮޕީ ހޯދަން އުޅުނު ކަމަށް ބުނާ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އަނެއްކާ ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެ ދެ ފުލުހުން އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ ޖުލައި 2017 ގައެވެ. އެކަމަކު އަލުން ވަޒީފާއަށް ނެރިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ނިމެން 10 ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު 7 2018 ގައެވެ. އޭރު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހަމްދޫން ރަޝީދެވެ.

އެ ދެ ފުލުހުން ކުރީގެ ސަރުކާރުން ސަސްޕެންޑުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެމީހުން އަލުން ވަޒީފާއަށް ނެރިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ރިލްވާންގެ މައްސަލާގައި އެ ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނެރަލް ވަނީ ފުލުހުންނަށް އަންގަވާފަ އެވެ. އެކަމަކު ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރެވޭ ފަދަ ހެއްކެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވާ ކަމަށާއި، އެކަމަކު އެމީހުންގެ އިދާރީ ތަހުގީގެއް ކުރަމުންދާ ކަމަށެވެ.

އެހެން ބުނެފައި އޮއްވާ، ރޭ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ރިޔާސީ ކޮމިޝަނުތަކުގެ ގާނޫނުގެ ދަށުން ރިލްވާން މައްސަލަ ތަހުގީގު ކުރުމާއި، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރަށް އެދުމުގެ ހަމައެކަނި ބާރު ލިބެނީ މަރުތައް ބަލާ ކޮމިޝަނަށް ކަމަށެވެ.

އެއާއެކު ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ޑީޕީމަށް ވިދާޅުވީ އެ ދެ ފުލުހުންގެ ޖިނާއީ ތަހުގީގު ކުރެވޭ ވަރަށް ހެކި އެބަ ހުރި ކަމަށާއި، އޭޖީ ކަމެއް ކުރަން އެންގެވުމުން ފުލުހުންނަށް އިތުރު ސުވާލެއް ނުކުރެވޭނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ތިމާއަށް ނަފާ ލިބޭ ހިސާބުން ގައުމީ މަސްލަހަތު “ކަފުން” ކޮށްލާ ދިވެހިން!

ދިވެހި ޕޯސްޓް

ގާސިމް މަވޯޓާއަށް – މިއީ ކަލޭގެ އަމިއްލަ ތަރިކައެއް ނޫން

ދިވެހި ޕޯސްޓް

ޔާމީންގެ ބަޔާން އޭސީސީން ނެގީ އުސޫލާ ޚިލާފަށް!

ދިވެހި ޕޯސްޓް