ޕްރައިމަރީ

ލަންކާގައި ގެތައް ބަލާ ފާސްކުރަނީ، ދިވެހިންނަށް ޓާގެޓްކޮށްގެން ނޫން – އެމްބަސީ

ސްރީލަންކާެއަށް އިއްޔެ ދިން ހަމަލާތަކާއި ގުޅިގެން މިއަދު އެ ގައުމުގެ ގެތައް ބަލާ ފާސް ކުރަމުންދަނީ ދިވެހިންނަށް ޓާގެޓްކޮށްގެން ނޫން ކަމަށާއި، ބަލާ ފާސްކުރަމުންދަނީ އެކި ގެތައް ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.

މިހާރު މީސް މިީޑިއާގައިި ދިވެހިން އުޅޭ ގެތަކަށް ޓާގެޓްކޮށް، ގެތައް ބަލާ ފާސް ކުރަމުން އަންނަ ކަމަށް ވާހަކަތަކެއް ފެތުރެމުން ދެއެވެ. ނަމަވެސް އެމްބަސީން އެކަން ދޮގުކުރެއެެވެ.

“ޑީޕީ” އަށް މައުލޫމާތުދެއްވަމުން އެމްބަސީގެ ތާރޑް ސެކެރެޓަރީ އަލީ އަބްދުﷲ ހިލްމީ ވިދާޅުވީ، ލަންކާގައި ގެތައް ފާސް ކުރަމުން ދަނީ ވަކި ގައުމެއްގެ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ނޫން ކަމަށެވެ.

“ރެންޑޮމްކޮށް ގެތައް ޗެކް ކުރަމުން ދަނީ، އެގޮތަަަށް ދާއިރު ދިވެހިން ދިރިއުޅޭ ގެތަކަށްވެސް ވަދެވިދާނެ. އެހެން ގައުމުތަކުގައި އުޅޭ ގެތަކަށްވެސް ވަންނަމުން ދަނީ” އޭނާ ވިދާޅުވިއެވެ.

އަލީ ވަނީ އެއްވެސް ފުުލުހަކު ގެއަށް އައިސްފިނަމަ ހުރިހާ ދިވެހިންވެސް އެފަރާތްތަކަށް އެއްބާރުލުންދީ، އެއްވެސް ހިތް ނުތަނަވަސްކަމެއް ވާކަމުގައި ވާނަަމަ އެމްބަސީގެ ކޮންސިއުލަރ ހޮޓްލައިނަށް އެންގުމަށް އެދިވަޑައިގެންފައެވެ. އެއީ 94727277072، +94766942654 +94766086660 އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްޕީއެލް އަށް 140 މިލިއަން ހަރަދުކޮށްގެން ގެނައި ވެހިކަލްތައް ބޭނުމެއް ނުކުރެވޭ: ޝާހިދު

ދިވެހި ޕޯސްޓް

ހުޅުމާލޭގައި ނުރައްކާތެރި މާރާމާރީއެއް، އެކުއްޖަކަށް ސީރިއަސް އަނިޔާތަކެއް

ދިވެހި ޕޯސްޓް

އިންޑިއާ ސިފައިން ފައްސާލާ ވާހަކަ ދައްކާކަށް ނުޖެހޭ، އެއީ ހޮޅި ވާހަކަ!

ދިވެހި ޕޯސްޓް