ޕްރައިމަރީ

ގޭގައި މަޑުކުރަން އެންގި ފުލުހުން ވަޒީފާއިން ވަކި ކުރަން ޖެހޭ – މީކާއީލް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ޕާސްޕޯޓް ހައްދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ ފުލުހުން ގޭގައި މަންޑުކުރަން އެންގުމުން ނުފުދޭ ކަމަށާއި، ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތައް ހައްޔަރު ކުރަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދެ ފުލުހުންނާއި ހިސާބުން މިކަމެއް ނުނިމޭނެ ކަމަށާއި، ދެ ފުލުހުންގެ ސުޕަވައިޒަރާއި އޭރުގެ އިންޓެލިޖެންސްގެ ވެރިޔާއާއި އޭރުގެ ކޮމިޝަނަރާއި އޭރުގެ ހޯމް މިނިސްޓަރު، މިކަމުގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ.

ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ފުލުހުންނަށް އަންގަވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ބަންޑާރަނައިބުގެ އެންގުމަށް 12 ވަރަކަށް ގަޑިއިރު ވެގެން ދިޔައިރު ވެސް ފުލުހުން އެ ދެފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ.

މަރު ކޮމިޝަންގެ ރިޕޯޓްގައި ފަސް ފުލުހެއްގެ ނަން ފާހަގަކޮށްފައި ވެއެވެ. އެ ފުލުހުންގެ މައްސަލަ އަވަސް ކޮށްދިނުމަށް ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިފައެވެ.

ރިޟްވާންގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ހައްޔަރެއް ނުކުރި، އެންގީ ގޭގައި މަޑުކޮށްލަން ފުލުހެއްވީމަ ގޭބަންދަށް ނިކަމެތި މީހެއް ވެއްޖެނަމަ އުފުރާލަިގެން ޖަލަށް އިންސާފް ކޮބާ؟

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނާދިރާވެސް މަޖިލީހަށް، ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާއަށް

ދިވެހި ޕޯސްޓް

މަޖިލިސް އިންތިހާބުގައި ވާދަކުރަން މިހާތަނަށް 97 ފޯމް ހުށަހަޅައިފި

ދިވެހި ޕޯސްޓް

ފައިސާގެ ދަޅަދައްކައިގެން ގައުމިއްޔަތު ފުނޑާލާ ފަސާދަ އުފައްދަން ނޫޅުއްވާ: ޝެއިޚް ޒައިދު

ދިވެހި ޕޯސްޓް