ޙަބަރު

ނަޝީދުގެ ސްޕާ ކޮމެޓީއާއި ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތެދުވެއްޖެ

މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހަދަން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މިއަދު ދެކޮޅު ހަދައިފިއެވެ.

މަޖިލިހުގެ ގަވައިދަށް ނަޝީދު ގެންނަން ބޭނުންފުޅުވާ އިސްލާހުގައިވާ ގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމާއި، އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ ސުޕަ ކޮމިޓީއަކުންނެވެ.

މި އިސްލާހަކީ މިނިވަން މުއައްސަސާތަކަށް މެންބަރުން ނެގުމާއި ވަކިކުރުމަކީ އެންމެ ކޮމިޓީއަކުން ކުރާ ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ވިސްނައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ހުށަހެޅުއްވި އިސްލާހެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސުޕަ ކޮމިޓީ ހަދަން ރައީސް ނަޝީދު ހުށަހަޅުއްވަމުން ވިދާޅުވީ، މިހާރު ހުރި ދާއިމީ ކޮމިޓީތަކަކީ އޯވަސައިޓް ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީތަކެއް ކަމަށާއި، އެހެން ކަމުން ހަރުދަނާ އުސޫލަކުން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަން އެކަމަކަށް ހާއްސަވެފައިވާ ކޮމިޓީއެއް އޮތުން މުހިންމު ކަމަށެވެ.

ސުޕަ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނެވެ. އިސްލާހުގައިވާ ގޮތުން ކޮމިޓީ ޗެއާ ކުރައްވާނީ ވެސް ނަޝީދެވެ.

މިއަދު އެމްޑީޕީގެ ޕީޖީއިން ބޭއްވި ބައްދަލުވުމުގައި ސުޕާ ކޮމިޓީ ހެދުމަށް މަޝްވަރާ ކުރުމަށް ފަހު، ވޯޓަށް އެހުމުން އެކޮމިޓީ ހެދުމަށް ނުފެންނަ ކަމަށް ގިނަ މެންބަރުން ވޯޓު ދެއްވިކަން އެނގިފައި ވެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕް ދެބައިވެ ,ނަޝީދު އަތަށް ގޮވައިފި

ނަޝީދުގެ ހަމަލާއެއް ރައީސް ޞާލިހަށް؟

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: ރިލްވާންގެ ދައްތަ

ދިވެހި ޕޯސްޓް

އަމާޒަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ޚިދުމަތް ދެވޭނެ ފުލުހުން ބިނާކުރުން – އެކްޓިން ސީޕީ

ދިވެހި ޕޯސްޓް

ދީނަށް ފާޑުކިޔާ މީހުން އަދި އިންޒާރު ދޭ މައްސަލަ ވެސް ބަލާނަން: ފުލުހުން

ދިވެހި ޕޯސްޓް