ޙަބަރު

ރާއްޖެ ގެނައީ ލުތުފީ ނޫންކަމަށް ސިއްދީގު ތުހުމަތު ކޮށްފި

ނޮވެމްބަރ 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީކަމަށްބުނެ މިރޭ ގެނެސްފައިވަނީ ލުތުފީ ނޫންކަމަށް ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސިއްދީގު ތުހުމަތު ކޮށްފިއެވެ.

ސިއްދީގް މިރޭކުރި ޓުވީޓެއްގައި ބުނެފައިވަނީ، ދިވެހި ސަރުކާރުން ލަންކާ ގައި ހުންނަ ލަންކާ އެމްބަސީގައި ފިލުވައިގެން ގެންގުޅުނު ޓެރަރިސްޓް ބާޣީ ލުޠުފީ މާލެ ގެނައި ކަމަށްބުނެ ގެނައީ ލުޠުފީ ނޫންކަމަށް ވަރަށްޔަޤީންކުރެވޭ ފަރާތަކުން މައުލޫމާތު ލިބޭ ކަމަށެވެ.

އަދި ސަރުކާރުން ހާޖަރާގޭ ލުތުފީ ފިލުވިކަމަށް ތުހުމަތުކޮށް ސިއްދީގް ބުނެފައިވަނީ، ސަރުކާރުން ލުތުފީ ފިލުވައިފައިވަނީ އިންޑިއާގައި ކަމަށެވެ.

ދިވެހި ސަރުކާރުން ހާޖަރާގޭ ލުތުފީ މިރެއި ރާއްޖެ ގެނައިރު، އެންމެ ފަހުން ލުތުފީގެ އާންމުވެފައިވާ ފޮޓޯ އާއި މިރޭ ލުތުފީ ރާއްޖެ އައިރު ހުރިގޮތުގެ ތަފާތުކަން އާންމު ފަރާތްތަކުންވެސްދަނީ ފާހަގަ ކުރަމުންނެވެ.
ހާޖަރާގޭ ލުތުފީ މިހާރު ހުރިގޮތް (ކ) ލުތުފީ ކުރީގަ ހުރިގޮތް (ވ)

ހާޖަރާގޭ ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ ބޭސްފަރުވާއަށް ޖެނުއަރީ، 16، 2010 ގައި ފޮނުވުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިފައި ވަނިކޮށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވަރަށް އަވަހަށް މާލޭގެ ބޯހިޔާވަހިކަމުގެ “ބިޔަ” މަޝްރޫއެއް ފެށޭނެ: ރައީސް

ދިވެހި ޕޯސްޓް

ކޯލިޝަން އެގްރީމެންޓެއްގައި ސޮއިކޮށްފައެއް ނުވާނެ – އެމްޑީޕީ

ދިވެހި ޕޯސްޓް

ކޯލިޝަންގެ ކޮންމެ މީހަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓޭ ބުނުމުގެ ފުރުސަތު އެބައޮތް: ރައީސް

ދިވެހި ޕޯސްޓް