ޙަބަރު

ބަރަހަނާ ހާލުގައި ހުރި ފިރިހެނަކު މާލޭގެ މަގުމަތިން ހައްޔަރުކޮށްފި

ބަރަހަނާ ހާލުގައި މާލެ މަގުމަތިން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އަމީނީ މަގު ދަރުބާރުގެ ކައިރިންނެވެ.

އޭނާ ހައްޔަރު ކުރާ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި، ފުލުހަކު އޭނާ ހުއްޓުވަން އުޅުމުން އޭނާ އެ ފުލުސް މީހާ ދުރަށް ޖައްސާލައެވެ. އަދި އަނެއްކާވެސް އޭނާ މަގުގެ މެދުން ލާފައި އެއްފަރާތަކަށް ހިނގައި ގަނެއެވެ. އަނެއްކާވެސް ފުލުހަކު އޭނާ ހުއްޓުވަން އުޅުމުން އަތް ފޮޅުވާލައެެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ހުއްޓުވުމަށް އެހެން މީހަކުވެސް މަސައްކަތް ކުރެއެެވެ. އަދި އޭނާ ހުއްޓުވައި ޕޭވްމެންޓް މައްޗަށް އެރުވުމުންވެސް އަނެއްކާވެސް ފޮޅުވާލާފައި ދުއްވައިގަންނަ މަންޒަރު ފެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ޑިޕީ”އަށް މައުލޫމާތުދެމުން ވިދާޅުވީ، މާލޭގެ އަމީނީ މަގުގައި ބަރަހަނާ ހާލުގައި ހިނގާފައިދިޔަ މީހަކު މިރޭ 18:40 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިހާރު އާއިލާއާ ހަވާލުކޮށްފައިވާކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެ އޮފިޝަލް ވިދާޅުވިގޮތުގައި، އޭނާ އަކީ ސިކުނޑި ހަމަނުޖެހޭ މީހެކެވެ.

މިދިޔަ ހަފްތާގައި މާލޭގެ މިސްކިތަކަށް އަރައި ނަމާދަށް ތިބި މީހުންނަށް ހަމަލާދޭން އުޅުނު ބިދޭސީ އަންހެނަކު ވެސް ހިފެހެއްޓިއެވެ. ފުލުހުން ވިދާޅުވީ އެއީ ވެސް ނަފްސާނީ މައްސަލައަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަނީ

ދިވެހި ޕޯސްޓް

ކެންޑިޑޭޓުންގެ މާލީ ބަޔާނުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވާލައިފި

ދިވެހި ޕޯސްޓް

މާލޭގައި ފެންބޮޑުވުމަކީ މައްސަލަ ހައްލު ކުރުމަށް ލިބުނު ފިލާވަޅެއް: އަސްލަމް

ދިވެހި ޕޯސްޓް