ޙަބަރު

ކަރަންޓް ބިލްތައް ބޮޑުވި ގޮތް ސްޓެލްކޯ އިން މާދަމާ ސާފުކޮށްދޭނެ

މިމަހު ކަރަންޓް ބިލްތައް ލިބުނު އިރު ކަރަންޓް ބިލްތައް އާދަޔާއި ހިލާފަށް ބޮޑުވި ސަބަބު އާއްމުންނަށް ސާފުކޮށްދިނުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މާދަމާ މެންދުރު ފަހު 13:30 ގައެވެ.

އޭޕްރިލް މަހު އޮތް މަޖިލިސް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ކަރަންޓްގެ އަގު ހެޔޮ ކުރީ އޭޕްރިލް 01 ވަނަ ދުވަހު އެވެ. ނަމަވެސް އޭޕްރިލް މަހަށް ތައްޔާރު ކުރި ކަރަންޓް ބިލް މެއި މަހު ލިބުނީ ކުރީގެ އަގުގައެވެ. ސަރުކާރުން އޭރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ވާނީ ޖޫން މަހު އަންނަ ބިލްގައި ކަމަށެވެ.

ނަމަވެސް މިއަދު “ޑީޕީ” އަށް މައުލޫމާތު ދިން މީހުން ބުނީ ކަރަންޓް ބިލަށް އެރި އަދަދު މިދިޔަ މަސްތަކަށް ވުރެ އާދަޔާއި ހިލާފަށް ބޮޑުވެފައިވާ ކަމަށެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގެ މީހުން ވެސް ގެންދަނީ ކަރަންޓް ބިލްތައް އާދަޔާއި ހިލާފަށް ބޮޑުވެފައި ވާތީ މީސް މީޑިއާގައި ބިލްތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ގިނަ މީހުން ވަނީ ފާއިތުވި ތިން ހަތަރު މަސް ދުވަހުގެ ބިލްތައް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އެބިލްތަކަށް ބަލާއިރު ވެސް މި މަހު އާދަޔާއި ހިލާފަށް ބިލް ވަނީ ބޮޑުވެފައެވެ.

ކަރަންޓް ބިލް ބޮޑުވީ ރަމަޟާން މަސް ކަމަށް ވުމުން ކަމަށް ބައެއް މީހުން ބުނި ނަމަވެސް އަނެއް ބަޔަކު ބުނާ ގޮތުގައި ރަމަޟާން މަސް ކަމަށް ވީނަމަވެސް އެފަދަ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެސްއޯއެފުން އަޅުގަނޑަށް އެއްވެސް ފައިސާއެއް ދީފައެއް ނެތް: ރިޔާޒު

ދިވެހި ޕޯސްޓް

ނަޝީދުގެ ސްޕާ ކޮމެޓީއާއި ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތެދުވެއްޖެ

ދިވެހި ޕޯސްޓް

މޯލްޑިވިއަން އައިޑޮލްގައި ފާޑުކިޔުންތައް އަމާޒުވި އެވެ. ހިތް މަރުވި އެވެ. އެކަމަކު މިހާރު މި ހުރީ އެނބުރި އައިސްފަ އެވެ.

ދިވެހި ޕޯސްޓް