ޙަބަރު

ކަފިހިހުރަސް މަތިން 17 އަހަރުގެ ކުއްޖެއް ގައިގައި ސައިކަލަކުންޖެހި، އެމެޖެންސީގައި ފަރުވާދެނީ

މަޖީދީމަގުގެ ކަފިހުުރަހެއް މަތިން މަގު ހުރަސްކުރަން އުޅުނު 17 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި، އެކްސިޑެންޓުވެއްޖެ އެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެރޭ 20:14 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަންހެން ކުއްޖާގެ މޭ ކަށިގަނޑަށާއި އުނަގަޑަށް އަދި ވާތު ކޮނޑަށް އަނިޔާވެފައިވާކަމަށެވެ. އަދި މެޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުއްޖާއަށް ނޭވާލުމަށް އުދަގޫވާކަމަށާއި، އަންހެން ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލްގެ އެމެޖެންސީގައި މިހާރު ދަނީ ފަރުވާ ދެމުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ސައިކަލް ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސަންސް އޮންނަކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Abdulla Ibrahim@GreenAbdulla

Happened just now front of Masjid Afeefudhdheen

22 people are talking about this

އެކްސިޑެންޓް ހިނގާ ވީޑިއޯ އިން ފެންނަގޮތުގައި އެ ކުއްޖާ ކަފިހުރަސް މައްޗަށް އަރާ މަގަށް ބަލާލާ ވަގުތުުގައި ސައިކަލުން އައިސް އެ ކުއްޖާ ގައިގަޖެހެ އެވެ. އަދި އެ ސައިކަލުގައި 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ފަހަތުގައި އަންހެނަކު އިދެ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މަޖީދީމަގު އެސްޓީއޯ ބޭސްފިހާރަ ކުރިމައްޗަށްވާގޮތަށް އޮންނަ ކަފިހުރަސް މަތިންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިންޑިޔާގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ދިވެހި ޕޯސްޓް

ޑިންގީ ބަންޑުން ޖަހާލާ ގެއްލުނު ޒުވާނާ ހޯދަން ޑައިވިން ރޮބޮޓް ބޭނުން ކުރަނީ

ދިވެހި ޕޯސްޓް

500 ހައްޔަރީންގެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅައިފި

ދިވެހި ޕޯސްޓް