ޙަބަރު

ކެނެރީގޭ ނަޝީދުގެ އަޑިނުބައި ރޭވުމަކުން ދައްކާ ހުސްވާހަކަ އަކުން އައްޑޫއަށް ތަރައްގީއެއް ނުގެނެވޭނެއެވެ

އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭނުގެ ނަމުގައި ކެނެރީގެ ނަޝީދުއާއި ނާގާބިލު އައްޑޫ ކައުންސިލް ގުޅިގެން ތައްޔާރުކޮށްފައިވާ ކަރުދާހެއް ދެކެފީމެވެ. ތަންކޮޅެއް ކުރިންވެސް މިކަހަލަ އެއްޗެއް ދުށީމެވެ. ހަނދާންވާގޮތުން އެއަށް ކިޔަނީ އައްޑޫ ވިޝަން މިހެންނެވެ.

ވަރަށް ބަރާބަރު މަސައްކަތެކެވެ. ހުވަފެން ދެކެންވާނެއެވެ. އޭގައި ކުލަޖެއްސޭތޯ ގަދައަޅާ މަސްކަތްވެސް ކުރަންވާނެއެވެ. ހުވަފެންނުދެކި ކަންކަމަށް ވިސްނައިފިކުރުނުކޮށް ތިބެގެން ވާނެ އެއްވެސްކަމެއްވެސް ނޯންނާނެއެވެ. މިއީ ތަޖުރިބާތަކުން އެނގި ކަށަވަރުވެފައިވާ ހަގީގަތެކެވެ.

ހުވަފެންތައްދެކޭއިރު މިހާރު މިތިބެވޭ ހާލަތާއި މިހާލަތު މެދުވެރިވެފައިވާ ސަބަބުތައް ދެނެގަތުންވެސް ލާޒިމެވެ. ކަރުދާހުގައި ސިންގަޕޫރު ކުރަހައިލުމަކުން އަދި ނުފުދޭނެއެވެ. މުސްކުޅި ބަހެެއްގައި އޮވެއެވެ. އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުންނެވެ. އަހަރެންނަށް ގަބޫލުކުރެވޭގޮތުން ވަރަށް ގިނަބަޔަކަށް އަހަރެމެންގެ ހަގީގީ ހާލަތު މޭރުންވުން ވަރަށް ކުޑައެވެ.

ސިޓީއެކޭ ކިޔަސް އައްޑޫއަކީ ރާއްޖޭގެ ގުދުރަތީ އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. އެޔަކަށް ބަދަލެއް ނާދެއެވެ. ނުވެސް ގެނެވޭނެއެވެ. އައްޑޫއަކީ އެންމެ ކުޑަ އެއްއަތޮޅެވެ. ވަސީލަތްތައް އެންމެ މަދު އެއްއަތޮޅެވެ. ދައުލަތަށް އެންމެ މަދުން ފައިސާ ވައްދާ އެއްއަތޮޅެވެ. އެހެން އިބާރާތަކުން ބުނާނަމަ ރާއްޖޭގައި މިއަދު އެންމެ ފަގީރު އެއްއަތޮޅެވެ،ެކަމަކު ނަޝީދުގެ އަޑި ނުބައި ރޭވުމުގައި އެންމެ ގަދަޔަށް އުޅޭ މީހުން ތިބި އަތޮޅުވެސ މެއެވެ. ދެން  ބާރަށް އަތްޖަހާ.

މިވަގުތު މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގައި ކަމަށް ވެދާނެއެވެ.އަދި ރާއްޖޭގައި އެންމެ ބޮޑެތި މޮޔައިން ވެސް ތިބި އަތޮޅުވެސް މެއެވެ. އެކަމަކު އެއީ މާދަމާވެސް ބަދަލުވެދާނެ ކަންކަމެވެ. އާބާދީގެ ގޮތުން އައްޑޫއާ ދާދި ހަމަހަމައިގައި އެހެން ހަތަރު ފަސް އަތޮޅެއް އެބައޮތެވެ. އާބާދީ އިތުރުވާ ރޭޓު އެންމެ ދަށީ އައްޑޫގައެވެ. އެހެންވީމާ އާބާދީގެ ތަރުތީބު އިސާހިތަކު ބަދަލުވެދާނެއެވެ.

ރަށްރަށާއި ފަޅުފަޅާއި ފަރުފަރު މަދުވުމަކީ އަދި އަތޮޅު ކުޑަވުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ އިންސާނާގެ ސިކުނޑިއެވެ.ކެނެރީގޭ ނަޝީދުގެ އަޑި ނުބައި ރޭވުމުގައި ނުޖެހި  މާތް ރަސްކަނލާގެ ދެއްވާފައި ހުރި ސިކުނޑިން ކަންތައްތައް ރާވައި ތަންފީޒުކުރާނަމަ ކިތަންމެ ފޫނުބެދުމެއް ހައްލުވާނެއެވެ. ހައްލުކުރެވޭނެއެވެ. ސުވާލަކީ އެ ސިކުނޑި އަހަރެމެންނަށް ލިބިފައިވޭބާވައެވެ. ލިބިފައިވާނަމަ ބޭނުން ކުރެވޭބާވައެވެ.

މާޟީގެ ތެރެއިން ފަޚުރުވެރިކަން ގެނައުމުގެ އާދަ ދޫކޮށްލައި ތައުލީމީ ދާއިރާގެ ތަފާސްހިސާބުތައް ރަނގަޅަށް ލޯހުޅުވައިގެން ބެލީމާ ބޮޑު މަންޒަރު ފެންނާނެއެވެ. ސިކުނޑި ބޮޑުވެ ފުރިހަމަވަނީ އިލްމުންކަމަށް ވަންޏާ ރާއްޖޭގެ އެހެން އަތޮޅުތަކަށްވުރެ ވަކި ބޮޑު ސިކުނޑިއެއް އައްޑޫގައިވެސް މިހާރަކު ނެތެވެ. އައްޑޫއަކީ ހަމަ އެވަރެޖް އަތޮޅެކެވެ. ހަގީގަތަކީ މިއީއެވެ.

އަހަރެން ގަބޫލުކުރާގޮތުން ތަރައްގީ ހާސިލްކުރުމަށްޓަކައި އަހަރެމެން ކުރާންވީ އެންމެ އިސްކަމަކީ އަހަރެމެންގެ ގިނަބަޔަކު މިހާރު ވިސްނާގޮތް ބަދަލުކުރުމެވެ. އައްޑޫއޭ ކިޔަކަސް އެއީ ދަގަތްފާނު ފަރުބަދައެއް ނޫނެވެ. ދުނިޔޭގެ އުތުރު ތަނޑިއެއްވެސް ނޫނެވެ. އެހެންވީމާ އޮޓޯއިން އެދިމާލަށް ކަންކަމުގެ މިސްރާބެއް ނުހިފާނެއެވެ. އެކަން ބަދަލުކުރުމަކީ ސިކުނޑިން ވިސްނައިގެން ކަންކަން ރާވައިގެން ތަންފީޒުކުރީމާ ވެދާނެކަމެކެވެ.

އަހަރެމެން ކުރާކަމަކުން ނޫނީ ތަރައްގީއެއް ނާންނާނެއެވެ. ސަރުކާރަށް ރާއްޖޭގެ ވިހި އަތޮޅުވެސް ހަމަހަމަވާނެއެވެ. ވަކިއަތޮޅެެއްވީމާ އޮޓޯ މޯޑުގައި ކަންކަންވުމުގެ އުސޫލެއް ނޯވެއެވެ. އަހަރެމެން މިހާރަށްވުރެ މުރާލިވެފަ ނަޝީދުގެ އަޑި ނުބައި ރޭވުމާއި ދުރަށް ދާންވީއެވެ.ނަޝީދުގެ އަޑި ނުބައި ވިސްނުމުގައި ޖެހިފައި ތިބި ފަރާތްތަކުގެ  ގޭގެ  ދޮރުދޮރުގައި ޓަކިޖެހުން ގިނަކުރަންވީއެވެ. އަބުއިގޮތް ދޫކޮށްފައި ހަގީގަތާ ކުރިމަތިލާންވީއެވެ. ނުރޯދަރިޔަކަށް ކިރެއް ނުލިބޭނެކަން ދަންނާންވީއެވެ.

އެންމެ ފުރަތަމަ ބަދަލުވާންވީ އައްޑޫގެ ނާގާބިލް ކައުންސިލްތަކެވެ.ކައުންސިލް ތަކަށް މިފަހަރު ހޮވަންވީ ގާބިލްކައުންސިލަރުންނެވެ. ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށްވެފައި އައްޑޫގައި އޮތީ ސައްތައިންސައްތަ އެމްޑީޕީ ކައުންސިލަކަށްވާއިރު ސަރުކާރުގެ އިދާރާތަކުގެ ދޮރުދޮރުގައި އައްޑޫގެ ނާގާބިލް ކައުންސިލަށާއި މޭޔަރަށް ޓަކި ދެވޭ ބާވައެވެ. ހިތާމަޔާއެކު ބުނަންޖެހެނީ ނުދެވޭ ވާހަކައެވެ. ގައުމުގެ ބަޖެޓު އެކުލަވާލައި މަޖިލީހަށް ހުށައަޅާ މީހަކީ މާލީ ވަޒީރުކަމަށްވާއިރު އެ މާލީ ވަޒީރަށް އައްޑޫގެ ތަރައްގީއޭ ކިޔައިގެން އެންމެ ފަހަރަކުވެސް އައްޑޫ މޭޔަރު ކުޑަމިނުން ފޯނެއްވެސް ކޮށްފައިވޭބާވައެވެ.ނުވޭ؟ ރާއްޖޭގެ އެކިއަތޮޅުތައް ތަރައްގީވާގޮތް އަމިއްލަ ލޮލުން ދެކި ތަޖުރިބާ ހޯދަން އަތޮޅުތަކަށް ބުރުޖެހި ކައުންސިލަރަކު އައްޑޫގައި އެބަހުރިބާވައެވެ. މިހިރީ ބަދަލުވާންޖެހޭ ކަންކަމެވެ.ރައްޔިތުންނެވެ ތެދުވާށެވެ.މިހާރުން މިހާރަށް  ތެދުވާށެވެ..

އަހަރެންނަށް އިވެނީ ކައުންސިލަރުން ކޮށްފައި ހުންނަ ޝަކުވާތަކުގެ ވާހަކައެވެ. ބާރުތައް ނެތިގެން ދައްކާ ވާހަކައިގެ އަޑެވެ. މާލެއިން ހުއްދަދީގެން ނޫނީ ގަހެއްވެސް ކަނޑައިނުލެވޭ ކަމުގެ ވާހަކައެވެ. ހިތަށް އަރައެވެ. އައްޑޫ ސިޓީ ކައުންސިލުން އެދުނު ތަރައްގީގެ ކޮންކަމަކަށް ސަރުކާރުން ހުރަސްއެޅީބާވައެވެ. އަޅައިފިއްޔާ އެވަޒީރަކާއި އެ އެޅި ހުރަހެއްގެ ވާހަކަ ސީދާކޮށް ރައްޔިތުންނަށް ބުނެނުދެވެނީ ކީއްވެގެންބާވައެވެ.

ކުރިއަށް އޮތް އަހަރު އަނެއްކާވެސް ކައުންސިލް އިންތިޚާބު އޮންނާނެއެވެ. ޕާޓީގެ ހަރަކާތްތަކުގައި އުޅޭ މީހާޔަށް އަދި އަޑުގަދަ މީހާޔާއި އާއިލާ ބޮޑު މީހާޔަށް ވިސްނައިގެން ރައްޔިތުން މިފަހަރުވެސް ވޯޓުދީފިއްޔާ ކައުންސިލްގެ މުރާލިކަން އިތުރުވާނޭގޮތެއް ނުވިސްނެއެވެ. އެމުރާލިކަން އިތުރުނުވެ އައްޑޫއަށް ކަންކަން ފަހިވެގެން އަންނާނޭ ގޮތެއްވެސް ނުވިސްނެއެވެ.ޙަބަރު ލިބިފައިވާ ގޮތުގައި ނަޝީދު އެވަނީ އައްޑޫ ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އައްޑޫއަށް ދަތުރެއް ރާވަމުންނބެވެ.ރައްޔިތުން ބޮލަށްލޯޑްކުރާޗިޕް ނުނިމިގެން ތަން ކޮޅެއް ލަސްވަނީއެވެ..

ސަރުކާރުވެސް އެއޮތީ އައްޑޫ ރައްޔިތުން އިމްތިހާނުކުރުމުގެ ފިކުރެއްގައެވެ. ރައީސް އިބޫއަށް އައްޑޫއިން ރިކޯޑު އަގުލަބިއްޔަތެއް ދިނަސް އެމަނިކުފާނުގެ ކެބިނެޓުން އައްޑޫ މީހަކަށް ފުރުސަތު ނުލިބުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ރައީސް އިބޫ ނެންގެވި ރިސްކެކެވެ.ކޮންމެ ގޮތަކަށް ވިޔަސް ނާގާބިލް ކައުންސިލްތަކުގެ ތިބި މީހުންގެ ޖީބަށާއި ހޮވި މެމްބަރުންގެ އެކައުންޓްތަށް ފުރިބާރުވެއެވެ.. ދެން ބާރަށް އަތްޖަހާށެވެ. އައްޑޫގައި ނަގާކިޔާން ތިބި މީހުންނަށް ކޮންމެ ގޮތެއް ވަރިހަމަވެ ރައްޔިތުންނަށްވެސް ކަންކަން ވަރިހަމަވާގޮތްވީމާ ދެން ރިސްކުނަގައި ކަންކަމުގެ އަޖުމަބެލުމުގައި ގޯހެއްނެތެވެ

 

އަޑޫ ރައްޔިތުން ނުކުމެ ކުރަންވީ ކަމަކީ ނާގާބިލް ކައުންސިލްގަ ތިބި މީހުންނާއި ވޯޓްދީފަ ހޮވާފަ ތިބި މެމްބަރުން ސައިޒްކުރުނ އެހެން ނޫނީ އަތްޖަހާލަ ޖހާލާ ތިއްބަވާ؟

ބުއްދީގެ ހަމަ ތަކުން ވިސްނަބަ އިންޑިއާ ސަރުކާރަށް އައް ޑޫއިން 950 ހާސް އަަފޫޓްގެ ބިން ދޭން ޖެހޭ ސަބަބަކީ ކޮބައިތޯ ކެނެރީގޭ ނަޝީދުއަށް ބިންދޭން ޖެހޭ ސަބަބަކީ ކޮބައިތޯ؟

މިއިން ކޮންމެ ކަމަކަށް ތި ނާގާބިލް ކައުންސިލްގަ ތިބި މީހުނާއި އެމްޑީޕީއިން ބުޅަލެއް ދެއްކިޔަސް ވޯޓްދޭނަމޭ ބުނެ ހޮވާފައި ތިބި މަޖިލިސް މެމްބަރުންގެ ޖީބަށް އެތަށް މިލލިއަން ޑޮލަރު އެޅޭކަން އިނގޭޢތޯ؟

ދެން އަތްޖަހާލ ޖަހާލާ ތިބޭ ލޯކަލް ކައުންސިލް ގެ އިންިޙާބު ކާބިޔާބުކުރަން ކެނެރީގޭ ނަޝީދު ދަނީ ތިބޭފުޅުންގެ ބޮލަށް ލޯޑުކުރަންޖެހޭ ޗިޕް ޕްރޮގްރާމްކޮއް ޓެސްޓް ކުރަމުންނެވެ. ވަރަށް އަވަހަށް ނަޝީދު އައްޑޫއަށް ގޮސް ކައުންސިލްރ=ތަކާއި މި ޗހިޕް ހަވާލު ކުރާނެއެވެ. ދެން އަތްޖަހާލަ ޖސަހާލާ ތިއްބަވާ ކޮންް ވަޒީފާެއކޭ މަސގެކޭތޯ ތިކިޔަނީ؟

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައީސް ސޯލިހު ހިމެނޭ ގޮތަށް 10 ފަރާތަކާއި ބައްދަލު ކުރަން އަދީބުގެ އާއިލާއިން އެދިއްޖެ

ދިވެހި ޕޯސްޓް

ރަށްތައް ގުޅުވަން ބުރިޖުތައް ހެދުމަށް ރައީސް ކުންފުންޏެއް އުފައްދައިފި

ދިވެހި ޕޯސްޓް

ޕްރައިމަރީ ބާއްވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ: އީވާ

ދިވެހި ޕޯސްޓް