ޙަބަރު

އަނެއްކާ ވެސް މާބަނޑު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާ ވެއްޖެ

މާބަނޑު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

މި ހާދިސާ ގައި އަނިޔާ ވެފައިވަނީ އުމުރުން 31 އަހަރުގެ ރ ކަނދޮޅުދޫއަށް ނިސްބަތްވާ މާބަނޑު އަންހެނަކަށެވެ.
ހުޅުމާލޭގައި ރޭ ހިނގި މިހާދިސާގައި އަންހެން މީހާގެ ގައިގައި ސައިކަލުން ޖެހުނީ، ހުޅުމާލޭ މިރިހި މަގުން އޭނާ މަގު ހުރަސްކުރަނިކޮށެވެ.

އަނިޔާވި އަންހެން މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު މައުލޫމާތު ލިބިފައިވާ މިހާދިސާގައި އޭނާގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށާއި، ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް ޒަޚަމެއް ލިބިފައި ނުވެއެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސާންދަ ކުންފުނިން ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އޮބްޒަވޭޝަނަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ހުޅުމާލެތެރޭގައި ހިނގާ އެކްސިޑެންޓްތައްވެސް ވަނީ އިތުރުވެފައިވާ އިރު ސިނަމާލެ ބުރިޖާއި ހުޅުލެ ހުޅުމާލެ ލިންކްރޯޑުން ގުޅާލިފަހުން ހުޅުމާލޭގެ މަގުތަކުގައި ބާރަށް ސައިކަލްދުއްވުންވަނީ އިތުރު ވެގެން ގޮސްފައެވެ.

މިިދިޔަ މަހު މާލޭ ރިންގު ރޯޑުގެ ކަފިހި ހުރަހަކުން މަގު ހުރަސްކުރި އަންހެނެއްވެސް އެކްސިޑެންޓްވެ އެއަންހެންމީހާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފެރީ އަކާއި މަސް ދޯންޏެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

ދިވެހި ޕޯސްޓް

ކާރެއްގައި ދުއްވާފައި ދިޔަ އަންހެނެއް ރޭޕް ކޮށްލީ ހަ ފިރިހެނުން ވެގެން

ދިވެހި ޕޯސްޓް

ޑަބްލިއު ކޮންސްޓްރަކްޝަނަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފި

ދިވެހި ޕޯސްޓް