ޙަބަރު

އައްޑޫގައި ވަޒީފާއެއް ނެތް، ވަޒީފާ ލިބޭނެ މަގެއް ވެސް ނެތް!

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފެންވަރު ރަނގަޅު ހިދުމަތްތަކާއި، ވަކިން ހާއްސަކޮށް ވަޒީފާގެ ފުރުސަތުތައް ގިނައިން ފަހިވެފައި އޮންނަނީ މައި ރަށުގައެވެ. ސާނަވީ ނުވަތަ މަތީ ސާނަވީ ތައުލީމް ފުރިހަމަ ކުރުމަށްފަހު ވަޒީފާއެއް ހޯދަން އަވަސްވެގަންނަ އިރު އަމިއްލަ ރަށުގައި ވަޒީފާއެއް ނެތުމުން މާލެ ހިޖުރަކުރަން ގިނަ ފަހަރަށް އޮންނަނީ މަޖުބޫރުވެފައެވެ.
ރާއްޖޭގެ ވެރިކަން ކުރާ ސިޓީގައި ވަޒީފާގެ ފުރުސަތުތައް ފަހިވެފައި އޮތް ނަމަވެސް ދެވަނަ އަށް އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީގައި ކަން އޮތީ މިހެނެއް ނޫނެވެ. ހަތަރު ލައްކަ އަށް ވުރެ ގިނަ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން ދާއިރު ވަޒީފާ އަދާކުރަމުން ދަނީ ނުވަދިހަ ހާސް ވަރަކަށް ރައްޔިތުންނެވެ. ވަޒީފާގެ ފަހި ފުރުސަތުތައް ގާއިމްވެފައި ނެތް އައްޑޫ ސިޓީގެ އާބާދީ ތިރީސް ހަތަރު ހާހާ ގާތް ކުރާއިރު އެތަނުގެ އާބާދީގެ ބޮޑު ބަޔަކީ ވަޒީފާ ނެތް މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އައްޑޫ ރައްޔިތުންގެ ވާހަކަތަކުން ވެސް އެމީހުން ވަޒީފާ ބޭނުންވެފައި ހުރި މންވަރު ހާމަވެގެން ދިޔައެވެ. ރައްޔިތުން ތިބީ ވަޒީފާ އަށް ފެންބޮވައިގަނެފަ އެވެ. އެމީހުން ބުނަމުން އަންނަނީ އައްޑުއަކީ ސަރުކާރުތަކުން އަޅާނުލާ ބާކީ ވެފަ އޮތް ސިޓީއެއް ކަމަށާއި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ފުރުސަތު ފަހިވެފައި ނެތުމުގެ މައްސަލަ ކަމަށެވެ.

“އެންމެ ބޮޑު މައްސަލައަކީ އައްޑޫ މީހުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ. އާމްދަނީ ހޯދޭނެ މަގެއް ނެތް. އަހަރެންވެސް މިހުރީ ވަޒީފާ އަށް ބޭނުންވެފައި،” ރަށުގައި ހުރި ގޮންޖެހުންތައް ކިޔައިދެމުން އައްޑޫ ރައްޔިތަކު ސީއެންއެމް އަށް ބުންޏެވެ.

އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުން ވެސް އެކަމަށް އެއް ބަހެވެ. ކައުންސިލުން ބުނާ ގޮތުގައި ސިޓީގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ އެއްވެސް މަގެއް މިވަގުތަކު ނެތެވެ.

“ވަޒީފާގެ ފުރުސަތެއް އައްޑޫގައި ފަހިވެފައެއް ނެތް. ރައްޔިތުންނަށް ވަޒީފާ އެއް ލިބޭނެ އެއްވެސް ކަމެއް މިވަގުތަކު ނެތް،” އައްޑޫ ސިޓީ ކައުންސިލް މީދޫ ދާއިރާގެ މެމްބަރު ހުސެއިން އިޔާޒް ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަށް ބެލިކަމުގައި ވިޔަސް އައްޑޫ ސިޓީގައި އެ ދާއިރާއިން އެދެވޭ މިންވަރަކަށް ވަޒީފާއެއް ނެތެވެ. އައްޑޫ ސިޓީގައި މިހާރު ހިންގަމުން ދަނީ އެންމެ ދެ ރިސޯޓާއި ހޮޓަލެކެވެ. އެއީ ޝަންގްރިއްލާ ރިސޯޓާއި ކެނެރީފެވެ. ސިޓީ ހޮޓަލަކަށް ހުންނަނީ އިކުއޭޓާ ވިލެޖެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ ފަހިވެފައި އޮތް ތިން ތަން އެ ސިޓީގައި ހުރި ކަމުގައި ވިޔަސް އެ ތަންތަނުން ވެސް އައްޑޫ ރައްޔިތުން ބޭނުންވާ މިންވަރަކަށް ވަޒީފާ ނުއުފެއްދެ އެވެ.

“އަސްލު ހަގީގަތުގައި ވަޒީފާ ނުލިބޭ އެންމެ ބޮޑު މައްސަލައަކީ ދެ ރިސޯޓު އޮންނަ އިރުވެސް ގިނައިން ބޭރު މީހުންނަށް ފުރުސަތު ފަހިވެފައި އޮންނަނީ މަސައްކަތް ކުރަން. ގިނައިން މަސައްކަތް ކުރަނީ ބޭރު މީހުން،” އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެމްބަރު ފަހްމީ އަހުމަދު ސީއެންއެމް އަށް ވިދާޅުވި އެވެ.

އައްޑޫގެ ވަޒީފާގެ ހާލަތު މިހާ ދަށަށް ގޮސްފައި ވާއިރު ކުރީ ސަރުކާރުތަކުން ވަނީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރާނެ ކަމަށް ބުނެ އެތައް ވައުދުތަކެއް ވެފައެވެ. އެމްޑީޕީގެ ވެރިކަން އޮތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑޫގައި ވަޒީފާ ނެތް އެކަކުވެސް ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

“އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީގެ އުފެއްދުންތެރިކަން އަޅުގަނޑުމެން ދެގުނަ ކުރާނެ. މިތަނުގައި ވަޒީފާ ނެތް އެންމެ މީހަކު ވެސް އިރާދަކުރެއްވިއްޔާ ނުހުންނާނެ،” ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ނިމުން އިރު ކަން ހިނގައި ދިޔައީ އެމަގަކުން ނޫނެވެ. އެ ސަރުކާރަށް ފަހު ދެން އައި ސަރުކާރުން ވެސް އައްޑޫގެ ތަރައްގީ އަށް ގިނަ ވައުދުތަކެއް ވެފައި ވާއިރު އެ ސަރުކާރުން ވެސް ވަނީ ކުރިއެރުމެއް ގެންނަން ނުކުޅެދިފަ އެވެ.

“އައްޑޫގެ ތަރައްގީ އަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރާނެ މީހަކީ އަޅުގަނޑު،” ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވެއެވެ.

ކުރީ ސަރުކާރުތަކުން އައްޑޫގެ ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދައްކާފައި ވާއިރު އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔަ އިރުވެސް އެ ހުވަފެންތަކުގައި އަދިވެސް ކުލަޖެހޭނެ ގޮތެއް ނުވެއެވެ.

“ވަޒީފާވެސް ދޭން ބުނީ. އެކަމަކު ނުއެއް ދޭ. ކޮންމެ ސަރުކާރަކުން ވެސް ބުނަނީ ވަޒީފާ ދޭނަމޭ. ބޯތަށި މި ބަދަލުވަނީ. އެކަމަކު ރިހައަކަށް މި ހުންނަނީ އެއް ރިހައެއް،” ސަރުކާރުތަކުން ކުރި ވައިދުތަކުގެ ވާހަކަތައް ދައްކަމުން އައްޑޫ ރައްޔިތަކު ބުންޏެވެ.

އެހެން ސަރުކާރުތަކެކޭ އެއް ގޮތަށް މި ސަރުކާރުން ވެސް ވަނީ ވަޒީފާ އިތުރު ކުރުމަށް ވައުދުތަކެއް ވެފައެވެ. މި ސަރުކާރުން ވަނީ އައްޑޫ ސިޓީގައި 8000 ވަޒީފާ އުފައްދާނެ ކަމަށް ވައުދުވެފަ އެވެ. އައްޑޫ ތަރައްގީގެ މެނިފެސްޓޯ އެއް އެކުލަވާލައި އެ ޕްލޭންގައި ފަތުރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި އައްޑޫގެ ފަޅުތައް ހިއްކައިގެން 1600 އެނދު ތަރައްގީ ކުރުމާއި ރިސޯޓްތައް ތަރައްގީ ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އައްޑޫ ރައްޔިތުންގެ އުންމީދަކީ ވީހާވެސް އަވަހަށް ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުމެވެ. އާމްދަނީ ހޯދޭނެ ގިނަ މަގުތައް ހުޅުވިގެން ދިޔުމެވެ. މި ސަރުކާރުން ވަޒީފާ ދޭނެ ކަމަށް ބުނެ ކުރި ވައުދުތަކާއެކު އައްޑޫ ރައްޔިތުން ތިބީ އަނެއްކާވެސް އުއްމީދު އާވެފަ އެވެ.

އަޑޫ ރައްޔިތުން ނުކުމެ ކުރަންވީ ކަމަކީ ނާގާބިލް ކައުންސިލްގަ ތިބި މީހުންނާއި ވޯޓްދީފަ ހޮވާފަ ތިބި މެމްބަރުން ސައިޒްކުރުނ އެހެން ނޫނީ އަތްޖަހާލަ ޖހާލާ ތިއްބަވާ؟

ބުއްދީގެ ހަމަ ތަކުން ވިސްނަބަ އިންޑިއާ ސަރުކާރަށް އައް ޑޫއިން 950 ހާސް އަަފޫޓްގެ ބިން ދޭން ޖެހޭ ސަބަބަކީ ކޮބައިތޯ ކެނެރީގޭ ނަޝީދުއަށް ބިންދޭން ޖެހޭ ސަބަބަކީ ކޮބައިތޯ؟

މިއިން ކޮންމެ ކަމަކަށް ތި ނާގާބިލް ކައުންސިލްގަ ތިބި މީހުނާއި އެމްޑީޕީއިން ބުޅަލެއް ދެއްކިޔަސް ވޯޓްދޭނަމޭ ބުނެ ހޮވާފައި ތިބި މަޖިލިސް މެމްބަރުންގެ ޖީބަށް އެތަށް މިލިއަން ޑޮލަރު އެޅޭކަން އިނގޭޢތޯ؟

ދެން އަތްޖަހާލަ ޖަހާލާ ތިބޭ ލޯކަލް ކައުންސިލް ގެ އިންިޙާބު ކާބިޔާބުކުރަން ކެނެރީގޭ ނަޝީދު ދަނީ ތިބޭފުޅުންގެ ބޮލަށް ލޯޑުކުރަންޖެހޭ ޗިޕް ޕްރޮގްރާމްކޮއް ޓެސްޓް ކުރަމުންނެވެ. ވަރަށް އަވަހަށް ނަޝީދު އައްޑޫއަށް ގޮސް ކައުންސިލްއާއި މި ޗިޕް ހަވާލު ކުރާނެއެވެ. ދެން އަތްޖަހާލަ ޖަހާލާ ތިއްބަވާ ކޮންް ވަޒީފާެއކޭ މަގެކޭތޯ ތިކިޔަނީ؟

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

2019: ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ: ރައީސް

ދިވެހި ޕޯސްޓް

ހޫނު ގަދަވާތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ދިވެހި ޕޯސްޓް

ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު ހުޅުމާލޭގައި ގަން ހިންގުވައިފި !

ދިވެހި ޕޯސްޓް