ޙަބަރު

އައްޑޫ ސިޓީ، އެކަމަކު ބޭހަށް ދާން ޖެހެނީ މާލެ ސިޓީއަށް؟

އައްޑޫއަކީ ވަރުގަދަ، ބޮޑު އަތޮޅެކެވެ. މާލެ ނެގުމަށް ފަހު، ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ އެންމެ އަވަހަށް އައްޑޫއަށް ލިބުނީ އެހެންވެ އެވެ. އެކަމަކު ހިތާމައަކީ އެންމެ އަސާސީ ހިދުމަތުގެ ތެރޭގައި ހިމެނޭ ސިއްހީ ފަރުވާ، ސިޓީއަކުން ހިދުމަތް ލިބެން ޖެހޭ ފެންވަރުގައި އައްޑޫއިން ލިބެމުން ނުދިޔުމެވެ.
“ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެނީ ކޮން ހިދުމަތެއްތޯ؟ އެތަނުން ލިބެނީ އެންމެ އާދައިގެ ހިދުމަތްތައް އެކަނި. ބޮޑު ކަމެއް ވެއްޖެޔާ ހަމަ މާލެ ދާން ޖެހެނީ. ހޮސްޕިޓަލުގަ އެއްވެސް އިރެއްގަ ނާރުތަކަށް ހާއްސަ ޑޮކްޓަރެއް ނުހުރޭ. ނާރުތަކަށް ކުރަންޖެހޭ އެއްވެސް ފަރުވާއެއް ނުކުރެވޭ. ދެން ބައެއް ފަހަރު ކަށީގެ ޑޮކްޓަރުން ތިބޭ، އެކަމަކު އެ ހިދުމަތް ވެސް ސަސްޓޭނަބަލް ގޮތަކަށް ނުލިބޭ. ލޮލުގެ ފަރުވާ ކުރެވޭކަށް ނުހުރޭ. ދެން އަނެއްކޮޅުން އެތަނަށް މާބަނޑު އަންހެނަކު ވިހަން ދިއުމަކީ ވެސް ބޮޑު ނުރައްކަލެއް މިހާރު،” އައްޑޫ ސިޓީގެ ރައްޔިތެއްގެ ކަންބޮޑުވުން ސީއެންއެމްއާ ހިއްސާކުރަމުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ މިހާތަނަށް އައްޑޫގައި ހުރި މައި ހޮސްޕިޓަލެވެ. އައްޑޫގެ ޖުމްލަ އާބާދީގެ 33821 މީހުންގެ ތެރެއިން 16051 މީހުން ދިރިއުޅެނީ ހިތަދޫގަ އެވެ. އެހާ ބޮޑު އާބާދީއެއް އޮތް ސިޓީއެއްގައި އެންމެ އާދައިގެ ސިއްހީ ހިދުމަތް ނުލިބުމަކީ ހައިރާން ވާން ޖެހޭ ކަމެކެވެ. ސިޓީއެއްގެ ދަރަޖަ ލިބުނުތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، އަދިވެސް ސިއްހީ ހިދުމަތްތަކުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ޖެހުމަކީ ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ.

އެ ސިޓީގެ ރައްޔިތުންގެ މައިގަނޑު ޝަކުވާއަކީ ބޭސް ފަރުވާއަށް މާލެ އަންނަން ޖެހުމުގެ ޝަކުވާ އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ގިނަ ހިދުމަތް ލިބެން ހުއްޓެއް ކަމަކު އެކަށީގެންވާ ތަމްރީން ލިބިފައިވާ މުވައްޒަފުން ނެރުމާއި، ބައެއް ސާމާނު ނެތުން ނުވަތަ ހަލާކުވެފައި ހުރުމަކީ ބޭހަށް މާލެ ދާން މަޖުބޫރު ކުރުވާ ސަބެބެވެ.

އެ ސިޓީގެ ރައްޔިތުން ދެކޭ ގޮތުގައި ހޮސްޕިޓަލަށް ވުރެ އަމިއްލަ ކްލިނިކުތަކުން ލިބޭ ހިދުމަތް ވެސް މާ ރަނގަޅެވެ. އެގޮތުން އައްޑޫގައި ހިންގާ އަމިއްލަ ފަރާތްތަކުގެ ދެ ކްލިނިކް ހުރިއިރު، އެ ކްލިނިކް ތަކުގައި އަބަދުވެސް އެކި ބަލިތަލަށް ހާއްސަ ޑޮކްޓަރުން ތިބެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ބުނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފައިސާ އާއި އިންސާނީ ވަސީލަތް ނެތުމުގެ މައްސަލަ ކަމަށެވެ. އެގޮތުން އެކަށީގެންވާ ބަޖެޓެއް ނެތްއިރު، ހޮސްޕިޓަލުތަކަށް ބޭނުންވާ ސްޕެޝަލިސްޓުން ވެސް ނެތް ކަމަށް އޮފިޝަލް ބުންޏެވެ.

“ވަރަށް ފަހުން ހެލްތުގެ ޓީމެއް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ގޮސް ސިއްހީ ދާއިރާގެ ހާލަތު ހުރި ނެތް ގޮތް ބަލާފަވަނީ. އެގޮތުން އައްޑޫގެ ހޮސްޕިޓަލަށް ވެސް އެ ޓީމުގެ ބޭފުޅުން ދިޔަ. އަސްލު ކިތައްމެ ރަނގަޅު ޕްލޭނަކާއެކު، ކިތައްމެ ރަނގަޅު މީހަކު ހިންގަން ހުޓަސް ބަޖެޓެއް ނެއް. ރާއްޖެ މި އޮންނަނީ ޖަޒީރާ ރައްތަކެއްގެ މައްޗަށް، އެހެންވީމަ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވޭ ރަށްރަށަށް ފޯރުކޮށްދެން ޖެހޭ ހިދުމަތްތަށް ފޯރުކޮށްދޭން. އެވަރަށް ސްޕެޝަލިސްޓުން ރާއްޖޭގަ ނެތް، އޮބްޒާވް ކުރަން ފޮނުވާނެ މީހުން އެވަރަކަށް ނެތް. ހުރިހާ ވެސް މައްސަލައަކީ އެވަރަށް ބަޖެޓް ލިބިފަ ނޯންނާތީ،” ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ އޭނާ ހިއްސާ ކުރި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުކަން އާޒިމާއަށް ދެން ނުކުރެވޭނެ

ދިވެހި ޕޯސްޓް

“ފިޓް އިންފިނިޓް “ގެ ނަމުގައި އައްޑޫގައި ކަސްރަތު ކުލާހެއް ފަށައިފި

ދިވެހި ޕޯސްޓް

މަދަޙަ ކިޔުމުގެ ރޮނގުން އައްޑޫން އުފެދެމުން އަންނަ ރަންއަޑުތަކެއް

ދިވެހި ޕޯސްޓް