ޙަބަރު މަޖިލިސް

އެމްޑީޕީގެ ޕީޖީ ލީޑަރު ނަޝީދުގެ ސައިޒަށް ތިރި ކޮއްފި ސާބަހޭ އާޒިމް

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހްތައް އެ ޤާނޫނަށް ގެންނަން އެމްޑީޕީގެ މެންބަރުން އެދިގެން މިއަދު ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގައި، ޖަލްސާ ބާއްވަން ޖެހޭ ސަބަބު ބަޔާންކޮށް މެންބަރުން ބަހުސް ކުރެއްވުމަށް މުހައްމަދު ނަޝީދު ނިންމެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެނިންމުމާއި ދެކޮޅު ހައްދަވައިފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހް ހުށަހެޅުމުން ޖަލްސާތައް ބާއްވަން ޖެހޭ ސަބަބާއި ބެހޭ ގޮތުން މެންބަރުން އެއް ގަޑިއިރު ވަންދެން ބަހުސް ކުރައްވަން ނަޝީދު ފުރުސަތު ހުޅުވާލެއްވުމުން އާޒިމް ވިދާޅުވީ އެއީ އިތުރަށް ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

“މަޖިލިސް ޤަވައިދުގައި ބުނެފައި އެބައޮތް މެންބަރު ސަބަބު ބަޔާންކޮށް ސިޓީއެއް ފޮނުވުމުން ހާއްސަ ޖަލްސާއެއް ބާއްވަން ޖެހޭނެއޭ. އެއީ ދެން އިތުރަށް ބަހުސް ކުރެވޭނެ ކަމެއް ނޫން. އެފުރުސަތެއް މަޖިލިސް ޤަވައިދުގައި ނަޝީދުއަކަށް ދީފައެއް ނެތް.” އާޒިމް ވިދާޅުވިއެވެ.

އާޒިމް އެހެން ވިދާޅުވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މަޖިލިސް ޤަވައިދު ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި ރިޔާސަތުން ކަންތައް ކުރައްވާ ގޮތައް ކަންތައް ކުރެއްވުމަށް މަޖިލިސް ޤަވައިދު ހުރަސްނާޅާ ކަމަށެވެ.

އެޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހް ހުށަހެޅުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ. ނަމަވެސް ނަޝީދު ވަނީ މިހާރު ޖަލްސާ ބޭއްވުމާއި މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތް ބަޔާން ކުރަން އެއްގަޑިއިރުގެ ބަހުސްއެއް ފައްޓަވާފައެވެ.

ނަޝީދުގެ ނިންމެވުމާއި ދެކޮޅަށް އެމްޑީޕީގެ ގިނަ  މަޖިލިސްމެންބަރުންތަކެއް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސިއްހީ ހާލަތު ތަންނުދޭތީ އާޒިމާ މަޖިލިސް ކެމްޕޭން ހުއްޓާލައިފި

ދިވެހި ޕޯސްޓް

ޕެރަޑައިސް ރިސޯޓްގައި މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު މަރުވެއްޖެ

ދިވެހި ޕޯސްޓް

ޤާނޫނީ ވަކީލު، އަލްއުސްތާޛް އިބްރާހިމް ރިޟާ ކިނބިދޫ ދާއިރާއަށް ކުރިމަތިލަނީ

ދިވެހި ޕޯސްޓް