ޙަބަރު

ވީބީ ހަސަންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރެއްވުމަށް ވީބީ ބްރަދާސްގެ މެނޭޖިން ޑަައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ހުށަހެޅުއްވި ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) ން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ހުށަހެޅުއްވި ހަސަންގެ ފޯމު ބަލައިނުގަތީ ސިވިލް ކޯޓުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ހަސަންގެ މައްޗަށް ވަނީ ދަރަނިތަކެއް ސާބިތުވެފަ އެވެ.

ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ ނަމަ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.

މަޖިލިހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން އުޅުއްވި ހަސަންގެ މައްޗަށް ސާބިތުވެފައި ވަނީ 731،540ރ. އާއި 279،000ރ. އަދި 43،000ރ. ގެ ދަރަންޏެއްކަން އެނގިފައިވެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރޮކް ސްޓްރީޓުން ތިން ވަނަ ޑިވިޝަން ކާމިޔާބުކޮށްފި

ދިވެހި ޕޯސްޓް

ނިދާފައި ހޭ ނުލައިގެން ބެލިއިރު އާއިލާގެ ހުރިހާ މެންބަރުން ތިބީ މަރުވެފައި

ދިވެހި ޕޯސްޓް

އެމްޑީޕީގެ “ޒުވާނުންގެ ހިތްވަރު”ގެ އިންތިޚާބު ފަހު ވަގުތު ފަސްކުރުމުން ރުޅިގަދަވެއްޖެ

ދިވެހި ޕޯސްޓް