ޙަބަރު

މާލޭގައި ފެންބޮޑުވުމަކީ މައްސަލަ ހައްލު ކުރުމަށް ލިބުނު ފިލާވަޅެއް: އަސްލަމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މާލޭގައި ފެންބޮޑުވުމަކީ މައްސަލަ ހައްލު ކުރުމަށް ލިބިގެން ދިޔަ ފިލާވަޅެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރާއި ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމް ކުރި ޑިޒާސްޓާ މެނޭޖްމަންޓް ރެސްކިއު ސެންޓަރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދޭނެ އެއްކަމަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެން ބޮޑުވުމުން މިކަމުން ބޮޑު ފިލާވަޅެއްް ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

“ޑިޒާސްޓާ ހާލަތުން އަރައިގަތުމާ އެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ، މާލޭގައި ފެންބޮޑުވާ މައްސަލައަށް ޓެކްނިކަލް ހައްލެއް ހޯދަން. މާލޭގައި ދިރިއުޅޭ އާންމުންނަށް މިއަދު ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެން އައި ދުވަހެއް މިއީ”

އަސްލަމް ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދާފައި ނެތުމަކީ ގިނަ ބަޔަކަށް އޭގެ ގެއްލުން ލިބުނު ކަމެއް ކަމަށެވެ.

މާލޭގައި ފެންބޮޑުވަނީ ފެންބޭރުކުރުމަށް ހަދާފައިވާ ޕަމްޕު ސްޓޭޝަން ތަކަށް ބަޔަކު ގެއްލުން ދިނުމުގެ ސަބަބުންކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކިޔާންގެ މަރު: ނިކުމެގެން މޫދަށްދިޔައީ މަންމައަށް ނިދުނު ވަގުތު، ހުރިހާވަގުތެއް ހުސްކުރީ އެ ދަރިފުޅަށްޓަކައި

ދިވެހި ޕޯސްޓް

ސިފައިންގެއިން ވަކިކުރި މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

ދިވެހި ޕޯސްޓް

އިބޫއަށް ކާމިޔާބަށް އެދެން: ނަޝީދު

ދިވެހި ޕޯސްޓް