ޙަބަރު

ފިކުރު އެއްގޮތްވާކަށް ނުޖެހޭ، އެއީ ޑިމޮކްރަސީއަކީ: ނިޒާރު

ޕާޓީތަކުގެ ފިކުރު އެއްގޮތްވާކަށް ނުޖެހޭ ކަމަށާއި ޑިމޮކްރަސީއަކީ އެއީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރާތްކުރައްވާ ނިޒާރު ކުރެއްވި ޓްވީޓްގައި ނިޒާރު ވިދާޅުވެފައިވަނީ ސިޔާސަތުގެ ވާހަކަ ދައްކަންވީމަ އެބަޔަކު ތިބި ގޮތާއި ފިކުރު ސާފުކޮށް ހާމަވާ ކަމަށެވެ.

Ali Nizar@DhekunuNizar

Siyaasath ge vaahaka dhakkan veema e bayaku thibi gothaai fikuru saafu koh haama vey. Ehen veema thaa MDP aai JP ey kiyaa nan dheegen party mi hadhanee. Fikuru eggoi vaakah nujehey. Ei democracy akee.

31 people are talking about this

“ސިޔާސަތުގެ ވާހަކަ ދައްކަންވީމަ އެ ބަޔަކު ތިބި ގޮތާއި ފިކުރު ސާފުކޮށް ހާމަވޭ. އެހެންވީމަތާ އެމްޑީޕީއާއި ޖޭޕީއޭ ކިޔާ ނަންދީގެން ޕާޓީ މިހަދަނީ. ފިކުރު އެއްގޮތްވާކަށް ނުޖެހޭ. އެއީ ޑިމޮކްރަސީއަކީ.” ނިޒާރު ވިދާޅުވިއެވެ.

ޖޭޕީއަކީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ނިކުތް ޕާޓީއެކެވެ. އެހެން ނަމަވެސް އާދައިގެ މަތިން އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އެ ބޭފުޅާގެ ޕާޓީގެ ތާއީދު ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އޮތީ ރައީސް ޔާމީނާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އެކި ޕޯޑިއަމްތަކުގައި އެމްޑީޕީއާއި ދިމާލަށް ދިއްކުރަމުންދާ އިނގިލިތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ގާސިމަށް އަމާޒުވެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލީހާ މެދު ރައީސް ދެއްކެވި ވާހަކަ އަށް ގާސިމް ރައްދު ދެއްވައިފި

ދިވެހި ޕޯސްޓް

ޝިމާ އާއެކު ދަތުރުކުރި ފަޒީލް، ކޯޓުން ދޫކޮށްލައިފި

ދިވެހި ޕޯސްޓް

ލަންދޫ ހެލްތްސެންޓަރުގައި ރޯކޮށްލިތާ މަހެއް ވެއްޖެ، ސަރުކާރުގެ ސަމާލުކަމެއް ނުލިބުނު!

ދިވެހި ޕޯސްޓް