ޙަބަރު

ފިޔަވަތިން ފިލި ހަތް ކުއްޖަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި ހުންނަ “ފިޔަވަތި” އިން ފިލި ހަތް ކުއްޖަކު ފުލުހުން ހިފަހައްޓައިފިއެވެ.

ދައުލަތުގެ ކުޑަކުދިން ބަލަހައްޓާ “ފިޔަވަތި”އިން ފިލައިގެން ގޮސް ތިބި ހަތް ކުދިން ފުލުހުން ހޯދާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީ ހުރި ފެންސެއްގެ މައްޗަށް އަރައި ތިއްބައެވެ. މި ކުދިން ފިލައިގެން ދިޔަ ކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 7:10 ހާއިރުއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެކުދިން މިހާރު ވަނީ ފިޔަވައްޗާ ހަވާލުކޮށްފައެވެ.

ފިޔަވަތިން ކުދިން ފިލުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އެގޮތުން ޖޫން މަހު ފިޔަވަތިން ފިލި ކުއްޖަކު މާލޭގެ ގެއެއްގެ ތެރޭގައި ގެންގުޅެނިކޮށް ފުލުހުން ހޯދައިފައިވާއިރު، އެތަނުގައި އުޅޭ ކުދިން ފިލަން މަސައްކަތް ކޮށް ފެންސް މައްޗަށް އަރާ ތިބޭ ފޮޓޯތައްވެސް މީސް މީޑިއާގައި އާންމުކޮށް ދައުރުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޕާކު ތަކަށް މާދަމާއިން ފެށިގެން ހިލޭ ވައިފައި ދޫކުރަނީ

ދިވެހި ޕޯސްޓް

ރައީސް ސޯލިހު ހިމެނޭ ގޮތަށް 10 ފަރާތަކާއި ބައްދަލު ކުރަން އަދީބުގެ އާއިލާއިން އެދިއްޖެ

ދިވެހި ޕޯސްޓް

ވެރިކަމުގެ ނިޒާމު ބަދަލުވާންޖެހޭ، ގޮތް ނިންމަވާނީ ރައީސް: ނަޝީދު

ދިވެހި ޕޯސްޓް