ޙަބަރު

ފޮށުމުގެ ނިދިން ގައުމެއް ހޭލައްވާލި ހިތްވަރު!

މިއީ ޖޫން މަހުގެ އަށް ވަނަ ދުވަހު ލަމްހާ އަށް މަގުމަތިން ޖިންސީ ފުރައްސާރަކުރި ހާދިސާގެ ވަރަށް ވެސް ކުޑަ މިންވަރެކެވެ. މި ހަފުތާގެ “ސެޝަން” ގައި އޭނާ އެ ދުވަހުގެ ބިރުވެރިކަމާއި އޭގެ ނޭދެވޭ އަސަރު ކުރި ގޮތުގެ ވާހަކަ މި އިންޓަވިއުގައި ކިޔައިދޭއިރު މަގުމަތިން އެ ދުވަހު ލަމްހާއާ ބެހުނު މީހާ މިހާރު ވަނީ ފުލުހުން ބަލަމުން އަންނަ މި މައްސަލަ ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.

މައްސަލަ ނިމޭނެ ދުވަހެއް ނޭނގެއެވެ. އަދި ނިމޭނެ ގޮތެއް ވެސް ނޭނގެއެވެ. ނަމަވެސް މަގުމަތިން ޖިންސީ ފުރައްސާރަކުރި މައްސަލައިގައި އެ މީހާ ކުށްވެރިވެއްޖެ ނަމަ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު މިންވަރު އެނގެން އެބައޮތެވެ. – ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެކަމަކު ސުވާލަކީ މިއެވެ. ތިން މަސް ދުވަހަކީ ހައްގު އަދަބެއް ހެއްޔެވެ؟ ލަމްހާ ބުނަނީ މިހެންނެވެ.

“އެއީ ހައްގު އަދަބެއް ނޫން. ބޭކާރު އަދަބެއް. އޭނަ އަހަރެންގެ ގަޔަކު އަތެއް ނުލާތީ އިތުރު އަދަބެއް ދެވޭކަށް ނެތޯ ބުނެފައި ވަނީ”

“އެކަމަކު މިސާލަކަށް ތިން މަސް ފަހުން އޭނަ މިނިވަންވެގެން މަގުތަކަށް އަނެއްކާވެސް ނުކުތީމަ ކޮން ގެރެންޓީއެއްތަ އޮތީ އޭނަ ދެން ވެސް ނުފޮށޭނެކަމަށް. ރަނގަޅު، ކުރިއާ ހިލާފަށް ދެން ތަންކޮޅެއް އުނދަގޫވެދާނެ ފޮށެން. އެކަމަކުވެސް ކޮން ގެރެންޓީއެއް އޮތީ ތިން މަހުގެ އަދަބަކުން އޭނަ އަށް މިކަމުން ފިލާވަޅެއް ލިބިދާނެ ކަމަށް،” ލަމްހާގެ މި ސުވާލުތަކުގައި އަސްލަށް ބަރުދަނެއް އެބަހުއްޓެވެ.

“މިކަހަލަ ކަމަކަށް ބަލާއިރު އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ކުޑަ އަދަބެއްހެން. މިއަށް ވުރެ ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއްހެން އަޅުގަނޑަށް ހީވަނީ މިއީ”

“އަނެއްކޮޅުން މި މުޖުތަމައުގެ ވިސްނުން ވެސް މިފަދަ މައްސަލަތަކުގައި ބަަދަލުކުރަން އެބަޖެހޭ. އަންހެން ކުއްޖަކާ ފޮށުނީމަ އެ އަންހެން ކުއްޖާ އަށް ފާޑުކިޔައި އެޓޭކުކުރުމުގެ ބަދަލުގައި އަސްލު ޖެހޭނީ އެހީތެރިކަން ފޯރުކޮށްދޭން ދޯ”

“އަދިވެސް މި ސޮސައިޓީ އަށް ގަބޫލެއް ނުކުރެވޭކަން ނޭނގެ އަންހެނަކު ވަޒީފާ އަށް ދިއުން ނުވަތަ އަމިއްލަ ފައި މައްޗަށް ތެދުވެ އުޅޭ އުޅުން ބަލާކަން. ވަރަށް އުނދަގޫކަންކަން މިއީ އަދިވެސް. އެކަމަކު އަންހެނަކު އިންޑިޕެންޓެންޑްވުން ނުވަތަ އެކަނި ބޭރަށް ދިއުން އެއީކީ އެއްވެސް މައްސަލައެއް އޭގައި ހުރި ކަމެއް ނޫން”

“އަހަރެމެންގެ މުޖުތަމައުގެ މަގުތައް ފިރިހެނުންނަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދިފައިވާ ފަދައިން އެތަންތަން އެބަ ވާންޖެހޭ ހަމަ އަންހެނުންނަށް ވެސް ރައްކާތެރި މަގުތަކަކަށް. މިނިވަންކަމާ އެކުގައި އަންހެނުންނަށް ވެސް މަގުތަކުން ހިނގާލާފައި ދެވެން އެބަޖެހޭ.”

ލަމްހާގެ އިންޓަވިއުގެ ތެރެއިން.

ލަމްހާ ފަދައިން މި ހުވަފެން ދެކޭ އަންހެން ކުދިން ބައިވަރެވެ. ނަމަވެސް މުޖުތަމައުގެ ވިސްނުމާއި އާންމު އަހުލާގު އެންމެ ބޮޑަށް ހާމަވެގެން ދަނީ އަބަދުވެސް މިކަހަލަ މައްސަލަތަކުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް މި މުޖުތަމައު ތައްޔާރުވެފައި އޮތް މިންވަރު ލަމްހާގެ މި “އެންމެ މައްސަލައެއް” ހިލިގެން ބަންޑުންވި ހިޔާލާއި ޝުއޫރުތަކުން އެކަނި ވެސް އެނގިގެންދެއެވެ.

“މީހުންނަށް މިކަންތައް ވެސްވީ ބޮޑަށް މަޖާކަމަކަށް. އަޅުގަނޑުގެ އަމިއްލަ އޮފީސް ތެރެއިން ވެސް ޖެއްސުންކޮށް ދިމާކޮށްލީ އެ ވީޑިއޯއާ ގުޅުވާލައިގެން. މީހުންނަށްވީ މަޖާ ކަމަކަށް،” ކަންބޮޑުވުން ފާޅުކޮށް ލަމްހާ ބުނެލިއެވެ.

“ގިނަ ފަހަރަށް އަންހެން ކުއްޖަކަށް މިކަހަލަ ކަމެއް ދިމާވިޔަސް ކިޔާދޭން ނުކެރެނީ މީހުން އެ ވާހަކަ ގަބޫލުނުކޮށްފާނެތީ. ނުވަތަ އެހެން ކިޔާފައި ދައްކާނީ ކޯއްޗެއް ހެއްޔޭ. ކޮބައި ހެއްޔޭ އެ ވާހަކައެއް ޕްރޫވްކޮށްދޭނެ ގޮތަކީ. ކަމާ ބެހޭ ފަރާތްތަކަށް އަހަރެން އެ ވާހަކައެއް ހިފައިގެން ދިޔަޔަސް އެމީހުން އަހަރެންގެ ވާހަކަ ގަބޫލުކުރާނެހޭ؟ ސީރިއަސްކޮށް ނަގާފާނެ ހެއްޔޭ؟ ގިނަފަހަރަށް ވެފައި ހުންނަނީ ވެސް މިހެން. މީހުން ގަބޫލެއް ނުކުރޭ.”

ފަހަރެއްގައި ލަމްހާގެ މި ހިތްވަރަކީ، މަގުމަތިން ފޮށުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ގައުމު ހޭލައްވަފާނެ ހިތްވަރެކެވެ. އެހެންކަމަށް އުއްމީދުކޮށް އޭގައި ބައިވެރިވަމާ ހިނގާށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސަން ޓްރެވެލް ސިޔާމް، މޮރޮކޯ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންފި

ދިވެހި ޕޯސްޓް

ޔޫތް މިނިސްޓްރީ ހިންގުން އަދި ވަކި ފަރާތަކާ ހަވާލެއް ނުކުރޭ: ތަރުޖަމާނު

ދިވެހި ޕޯސްޓް

ރައްޔިތުންގެ ހައްގު ވިއްކާލާފައި ބޮޑު ލާރިއެއް ވެސް ޖީބަށް ނުލާނަން – އަހްމަދު ޒާހިރު

ދިވެހި ޕޯސްޓް