ޙަބަރު

ދިވެހިން އިންޑިއާ އަށް ގެންގޮސް ޙުކުމް ކުރެވޭނެ އެއްބަސްވުމެއްގައި ނަޝީދު ސޮއި ކުރަނީ

ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ ސަރުކާރާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު ލިބޭނެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަމުން އެބަގެންދެއެވެ.

“މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ” ގެ ނަމުގައި އިންޑިއާ އާއި ރާއްޖެ އިން ސޮއި ކުރާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.

އެއްބަސްވުގެ ކޮޕީއެއް “ވަގުތު” އަށް ވެސް ވަނީ ލިބިފައެވެ.

އެންމެއް އެއްގަލަކަށް އަރައި ނަޝީދުގެ “އެޖެންޑާ”އިން ގައުމު ސަލާމަތް ކުރުން

އެއްބަސްވުން ބުނާ ގޮތުން ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމުގެ އިތުރުން އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެމީހަކާއި ގުޅުންހުރި ލިޔެކިޔުންތައް ވެސް ފޯރުކޮށްދޭން ޖެހެއެވެ.

އިންޑިއާއިން ކުށެއްގެ ތުހުމަތު ކުރާ މީހަކު ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއާއި ބޭންކްތަކުގައި ހުންނަ އެމީހެއްގެ މައުލޫމާތާއި އޭނާގެ އިންވެސްޓްމެންޓްތައް ހިފެހެއްޓުމުގެ ބާރު ވެސް މިއެއްބަސްވުމުގެ ދަށުން އިންޑިއާ އަށް ލިބިގެންދާނެއެވެ.

މިއެއްބަސްވުން ބުނާ ގޮތުން އިންޑިއާ އިން އެގައުމާއި ހަވާލު ކުރަން އެދޭ މީހަކު ކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނާ ކުށަކީ ކޮންމެހެން ރާއްޖޭގައި ކުށަކަށް ވާކަށް ނުޖެހެއެވެ. އެމީހަކު ހުރީ ރާއްޖޭގައި ކަމަށް ވީނަމަވެސް އޭނާ ކުރީ ކުށެއް ކަމަށް ކަނޑައަޅާނީ އިންޑިއާގެ ޤާނޫނުތަކަށް ބަލައިގެންނެވެ.

އެއްބަސްވުން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އެއްބަސްވުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގާސިމް އިއްޔެ ވިދާޅުވީ އެއްބަސްވުމާއި ދެކޮޅަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެވާހަކަފުޅު ދައްކަވަނީ މިސަރުކާރު ގެނައުމަށް މަސައްކަތް ކުރި ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.

“ވާހަކަ މިދައްކަނީ އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތަކުން ނޫން، މިސަރުކާރު ގެނައި، ސަރުކާރު ކޯލީޝަންގައި ހިމެނޭ، އަދި ސަރުކާރުގައި ވަޒީރުންނާއި އެހެން ބޭފުޅުން ތިބި މީހެއްގެ ހައިސިއްޔަތުން،” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގައުމުތަކުން ކަންތައްތައް ކުރާ ގޮތާއި ކަންތައްތައް ގެންދާގޮތާއި، މަޅިފަތި ޖަހާ ގޮތާއި މަޅިފަތި ބައްދާގޮތް އަމިއްލަ ތަޖުރިާ އިން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ.

“އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގައި ތިބޭފުޅުންނަށް ނޭނގޭ ކިތަންމެ ކަމެއް އަތުންހިފައި ލޮލުން ދެކިފައި އަހަރުމެން ދަންނަން، އަދި ގައުމުތަކުން ކަންތައްތައް ކުރާ ގޮތާއި ކަންތައްތައް ގެންދާގޮތާއި މަޅިފަތި ޖަހާ ގޮތާއި މަޅިފަތި ބައްދާގޮތާ އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ކާބަފައިން ގެނައި އިސްލާމް ދީނާއި މިނިވަން ކަމާއި އިސްތިގުލާލާ، ކޮންމެ ޖުލައި 26ގައި ފާހަގަކުރަމުން މިދާ މިނިވަންކަން، އަޅުގަނޑުމެންގެ އަތުން ނިގުޅައިގަތުމަށް ބަޔަކު އުޅުނަކަސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،” ގާސިމް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އެއްބަސްވުންތައް ގައުމުތަކާއި އެކު އެކުލަވާލާއިރު ލިމިޓޭޝަންސް އޮން އެސިސްޓަންސް (ހުށައެޅުންތަކަށް ނޫނެކޭ ބުނެވޭނެ ހާލަތްތައް) ބަޔާންކޮށްފައި ވީނަމަވެސް މިއެއްބަސްވުމުގައި އެފަދަ ކަންތައްތަކެއް ވެސް ބަޔާންކޮށްފައެއް ނެތެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ އަށް ނިސްބަތްވާ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ އެއްބަސްވުން އޮތްގޮތަށް ފާސްކުރަން އެއްވެސް ހުރަހެއް އޮތް ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިއީ ރާއްޖެއަށް ފައިދާ ކުރަނިވި އެއްބަސްވުމެއް ކަމަށާއި އޭގައި ހުރި ކަންބޮޑުވުންތައް މިހާރު ވެސް އޭޖީ އޮފީހުން އޮޅުންފިލުއްވައި ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން އިންޑިއާ އާއި އެކު ސޮއި ކުރަން އުޅޭ އެއްބަސްވުމުގައި ސޮއި ކުރަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ އިން ހުށަހެޅިއެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން ވަނީ އެއެއްބަސްވުމާއި މެދު އިތުރަށް މަޝްވަރާ ވެސް ނުކުރާނެ ކަމަށް ވިދާޅުވެ، އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ހުއްޓާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އޮންނަނީ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވޯޓާސް ލިސްޓަށް 1،256 ޝަކުވާ ހުށަހެޅި: އީސީ

ދިވެހި ޕޯސްޓް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރަތަމަ ފަހަރަށް އިންޑިޔާއަށް

ދިވެހި ޕޯސްޓް

އެމްޑީޕީ އަށް މެޖޯރިޓީ ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން: ގާސިމް

ދިވެހި ޕޯސްޓް