ޙަބަރު

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހުޅުމާލޭގައި ގަދަކަމުން ކުޑަ ދެކުއްޖަކާއެކު ބަދުއަހްލާގީ އަމަލު ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ‎އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާ ދޫކޮށްލާފައިވަނީ މިކަމުގައި އިތުރަށް ކުރާނެ ތަހުގީގެއް ނެތްކަމަށް ފުލުހުންގެ ތަހުގީގު އޮފިސަރުގެ ބަހުން އެނގެން އޮތުމުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިއަދު ކޯޓުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ. އަދި އެ މައްސަލައިގައި އިޖުރާއީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ 22:45 ހާއިރުއެވެ.

އަދި އެމީހާ ހައްޔަރުކުރި ރޭ ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ، ހުޅުމާލޭ ސަހަރާ މިސްކިތް ކައިރީ މީހަކަށް އަނިޔާކުރާ ކަމަށް ބުނެ އާންމުންގެ މީހަކު ރިޕޯޓް ކުރުމުން ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހާ ހިނގާފައި ދަނިކޮށް ކަމަށެވެ.

އަދި އެމީހާއާ ސުވާލުކުރުމުން ޖަވާބު ދީފައި ނުވާތީ އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލޭގައި ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ބަޔަކު މީހުން ވަނީ އޭނާ ގަން ހިންގުވައިފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްޑީޕީގެ ބޮޑު ޑްރާމާ: ރައްޔިތުންގެ މަޖިލިސް ދެބޭންގެ އަތްމައްޗަށް، ޕާޓީ އާއިލީވެރިކަމާ ދިމާއަށް

ދިވެހި ޕޯސްޓް

ރާއްޖެ ސެކިއުލާ ގައުމަކަށް ވުން ދެން ނުހުއްޓުވޭނެ، ކަލޭމެންގެ ކަލާނގެ ކޮބާ؟ – މުޖޫ ނައީމް

ދިވެހި ޕޯސްޓް

ވެލި ބަރުކޮށްގެން ދަތުރުކުރި އުޅަނދަކީ ސީސީސީސީ އާއި ގުޅުންހުރި އުޅަނދެއް ނޫންކަމަށް ބުނެފި

ދިވެހި ޕޯސްޓް