ޙަބަރު

ލުތުފީގެ މައުލޫމާތު ދިވެހި ސަރުކާރުން ދީފިނަމަ ލަންކާ ފުލުހުން މިހާރުވެސް އޭނާ ހައްޔަރު ކުރާނެ – އޮފިޝަލް

1988 ވަނަ އަހަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރު ކުރުމަށް އިންޓަޕޯލް އިން ނެރެފައިވާ ރެޑް ނޯޓިސް އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން ލުތުފީ އާއި ބެހޭ މައުލޫމާތު ލަންކާގެ ކަމާބެހޭ ފަރާތްތަކަށް ދީފިނަމަ ލަންކާ އިން މިހާރުވެސް އޭނާ ހައްޔަރު ކުރާނެ ކަމަށް މައުލޫމާތު އެނގޭ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

“ޑީޕީ” އަށް މައުލޫމާތު ދެއްވަމުން ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލް ވިދާޅުވީ ލުތުފީގެ މައުލޫމާތު ލަންކާގެ ކަމާބެހޭ ފަރާތްތަކަށް ވެސް ފުރަތަމަ ލިބިފައި ވަނީ މީޑިއާ އިން ކަމަށާއި ނަމަވެސް މިހާރު ލަންކާގެ ސަރުކާރުގެ ބައެއް އިދާރާތައް މެދުވެރިކޮށް ލުތުފީ ރާއްޖެ ގެނައުމުގެ “ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް” ކުރިއަށްދާކަމަށެވެ.

“އަދިވެސް އިންޓަޕޯލް ރެޑްނޯޓިސް އެބައޮތް. އެހެންވީމާ ލަންކާގެ ފުލުހުންނަށް ލުތުފީގެ މައުލޫމާތު ލިބިއްޖެނަމަ މިހާރު ވެސް އޭނާ ހައްޔަރު ކުރާނެ. ނަމަވެސް މިހާރު އޭނާ ހުރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި. އެއީ ލަންކާގެ ފުލުހުންނަށް ވެސް ވަދެވޭނެ ތަނެއް ނޫން. މިހާރު ލުތުފީ ހައްޔަރު ކުރެވޭނީ އެމްބަސީ އަށް ވަނުމުގެ ހުއްދަ ދިވެހި ސަރުކާރުން ލަންކާ ފުލުހުންނަށް ދިނުމުން.” އޮފިޝަލް ވިދާޅުވިއެވެ.

އެންމެއް އެއްގަލަކަށް އަރައި ނަޝީދުގެ “އެޖެންޑާ”އިން ގައުމު ސަލާމަތް ކުރުން

އޮފިޝަލް ވިދާޅުވީ އިންޓަޕޯލްގެ ރެޑް ނޯޓިސްގެ ދަށުން ލުތުފީ ހައްޔަރު ކުރުމަށް ފަހު ވީއެންމެ އަވަހަކަށް އޭނާ ދިވެހި ފުލުހުންނާއި ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެހާލަތުގައި އޭނާ ހަވާލު ކުރާނީ ލަންކާގައި ޤަވައިދާއި ހިލާފަށް އުޅެފައި ވާތީ ޑީޕޯޓް ކޮށްލުމަށް ފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

“ސަރުކާރުން މިހާރު ކުރަން އުޅޭ ކަމަކީ ދައުލަތުގެ ފައިސާ އިން އޭނާގެ ޖޫރިމަނާއާއި އެއްޗެހި ދައްކައި ދީފައި އޭނާ އެއްވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ގެންނަނީ. އޭރުން ފަހުން ވެސް ލުތުފީ ބޭނުން ވެއްޖެނަމަ ލަންކާ އަށް ދެވޭނެ. ނަމަވެސް ސަރުކާރުން ލުތުފީގެ ޖޫރިމަނާ ދައްކައިދިނުމަކީ ވަރަށް ގޯސްކޮށް ސަރުކާރުން ކުރަން އުޅޭކަމެއް.” އޭނާ ވިދާޅުވިއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ އަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދެމުން އަންނަތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފިނިފެންމާ ލޯންޗު ގޮވި ހާދިސާގެ ވީޑިއޯ ތަހުގީގުކުރަން ޕީޖީއާ މަޝްވަރާކުރާނަން: ހަމީދު

ދިވެހި ޕޯސްޓް

އެމްޑީޕީ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަނީ

ދިވެހި ޕޯސްޓް

ވައުދު ފުއްދަން ޖެހޭ، އެންމެންނަކީ އެމްޑީޕީ މީހުންނެއް ނޫން – އިކޮނޮމިކް މިނިސްޓަރ

ދިވެހި ޕޯސްޓް