ޙަބަރު

ސީޕީ ހަމީދާއި އިމްރާނަށް އިތުބާރު ނުކުރާކަމަށް ރިޟްވާން ބޭބެވެސް ބުނެފި

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު ނުކުރެވޭކަމަށް މަރާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ ބޭބެ ބުނެފިއެވެ.

ރިޟްވާންގެ ބޭބެ މިހެން ބުނެފައިވަނީ އީއްޔެ ކުރި ޓުވީޓެއްގައެވެ.

ރިޟްވާންގެ ބޭބެ މިހެން ބުނެފައިވާ އިރު، ރިޟްވާންގެ ދައްތަ ޝެހެނާޒުވެސް ވަނީ ހަމަ މިފަދައިން ބުނެފައެވެ. އަދި އެކަމުގައި ފުލުހުންވެސް ބައިވެރިވާ ކަމަށާއި އަދިވެސް ފުލުހުން އުޅެނީ އެކަމުގެ ހަޤީޤަތް ފޮރުވަން ކަމަށް ޝެހެނާޒު ބުނެފައިވެއެވެ.

ރިޟްވާންގެ މައްސަލަ ބެލުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ކޮމިޝަނުން އެ ކަމާއި ގުޅޭ ތަފްސީލު ރިޕޯޓެއް އާންމު ކުރިނަމަވެސް އަދި މިހާތަނަށް އެ ރިޕޯޓުގައި ނަން ހިމެނިފައިވާ އެއްވެސް ފަރާތަކާއި ދެކޮޅަށް ޕާސްޕޯޓު ހިފެހެއްޓުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައި ނުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސުކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި

ދިވެހި ޕޯސްޓް

އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި

ދިވެހި ޕޯސްޓް

އެފްއޭއެމްގެ ރައީސް ބައްސާމު “ކަޓު” ނެގުމުގައި، އިސްތިއުފާ ދޭން ޖެހޭ!

ދިވެހި ޕޯސްޓް