ޙަބަރު

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ފަތުވާ މަޖިލީހުގެ ނިންމުމާއި ދެކޮޅަށް

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމީ އިސްލާމީ ފަތުވާ މަޖިލީހުގެ ނިންމާއި ދެކޮޅަށް ކަން ހާމަވެއްޖެއެވެ.

މިއަހަރުގެ ޖުލައި 09 ވަނަ ދުވަހު އިސްލާމީ ފަތުވާ މަޖިލީހުން ނިންމާފައިވާ ނިންމެވުމެއްގެ ކޮޕީ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެނިންމުމުގައި ވަނީ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތް ހޯދުމަށް ކުރި ދިރާސާ އިން ހާމަވެ އެނގުނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އިސްލާމީ ޝަރީޢަތުގައި ތިން ރައުޔެއް އޮންނަ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަަމަ ރައުޔަކީ ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބު ކަމުގަައިވާ މާލިކީ މަޒުހަބައި، ޝާފިޢީ މަޒުހަބައި، އަންބަލީ މަޒުހަބާއި، ޙަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާޢަތުގައު ނުހިމެނޭ ޝީޢާއިންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބްޟީންގެ ރައުޔެވެ.

އެރައުޔަކީ އެއްވެސް ކަހަލަ ގަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް އެމައްސަލަތައް ބަލައި ޙުކުމް ކުރުމަށް އަންހެނަކާއި ހަވާލު ކުރުމީ ހުއްދަނޫން ޙަރާމް ކަމެކެވެ. މިކަމުގައި ހަވާލުކުރި މީހާ އާއި ހަވާލުވެވުނު މީހާ ވެސް ފާފަވެރިވާނެ ކަމަށް ފަތުވާ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ. އަދި އެޙުކުމަކީ ޙައްޤަށް ވާސިލް ވިޔަސް ތަންފީޒު ނުކުރެވޭނެ ޙުކުމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

ދެވަނަ ރައުޔަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި ގިސާސް ހިފުމުގެ ގަޞިއްޔާތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށް ބުނާ ރައުޔެވެ. މިއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެވެ.

ތިންވަނަ ރައުޔަކީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެވެ. މިރައުޔުގެ ވެރިޔަކީ އަލްއިމާމުއް އަބަރީ ކަމަށާއި މިރައުޔަށް ތާއިދުކުރާ އެއްވެސް ދަލީލެއް ނެތް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއެވެ.

ތިން ރައުޔަށް ބެލުމަށް ފަހު ރާއްޖޭގެ ފަތުވާ މަޖިލީހުން ވިދާޅުވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔެވެ. އެއީ ފުރަތަމަ ރައުޔެވެ.

“އެއީ އެރައުޔުގެ ދަލީލްތަކާއި ހުއްޖަތުތަކުގެ ވަރުގަދަ ކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީއެވެ.” ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

ދެވަނަ ރައުޔަކީ ދަލީލުގެ ގޮތުން ބަލިކަށިވެފައި އިސްލާމީ ޝަރީޢަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލްވެފައިނުވާ ރައުޔަކަށް ވާތީ އެރައުޔުގައި ބުރަދަނެއް ނުވާކަމަށް ފާހަގަ ކުރެވޭ ކަމަށާއި އަދި ތިންވަނަ ރައުޔަކީ ދަލީލެއް ނެތިފައި، އަލްއިމާމުއްޠަބަރީގެ ބަސްފުޅެއް ކަމާމެެދު ޝައްކު އުފެދިފައިވާ ރައުޔެއް ކަމަށްވާތީ އެރައުޔުގެ ވެސް ބުރަދަނެއް ނެތް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުގެ ނިންމުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ޞާލިހް މިއަދު ވަނީ އެދިވަޑައިގެންފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަކުރާ އިބްރާހިމް މުހައްމަދުގެ ޑޯޓުޑޯ ހަރަކާތްތައް ފަށައިފި

ދިވެހި ޕޯސްޓް

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް ފެއިލްކޮށްލާނަން – އަބްދުﷲ ރިޔާޒް

ދިވެހި ޕޯސްޓް

ވީރާނާވި ޕާކިން ސިސްޓަމް: ދިވެހިންނަކީ ހަމަ އެހާ މުއްސަނދި ބަޔަކީ ހެއްޔެވެ؟

ދިވެހި ޕޯސްޓް