ޙަބަރު

ޑީޖޭއޭގެ އޮޑިޓަކުން ފެންމަތިވި ދެ މައްސަލައެއް އޭސީސީއަށް ފޮނުވައިފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮޑިޓަކުން ފެންމަތިވި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީ އަށް ފޮނުވީ ސިވިލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ހެދުމަށް ޑީޖޭއޭ އިން ބަޔަކާ ހަވާލުކޮށް ކުރި މުއާމަލާތްތަކެއްގެ މައްސަލަ އާއި ހައި ކޯޓުގެ ނަމުގައި ޑީޖޭއޭ އިން ހޯދާފައިވާ ޓްރެޑްމިލްއެއްގެ މައްސަލަ އެކެވެ.

އެގޮތުން ސިވިލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ހެދުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ އެ މަސައްކަތަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުގެ ކުރިން ކަން އެ އޮޑިޓުން ފާހަގަވި ކަމަށް އެނގިފައިވެ އެވެ. އަދި އެ މަސައްކަތް ހަވާލު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް ފައިސާތަކެއް ދޫކުރި ކަން ފާހަގަވެ، އޭސީސީއަށް ހުށަހެޅި މައްސަލާގައި އެކަން ފާހަގަ ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.

ކަސްރަތު ކުރަން ބޭނުންކުރާ ޓްރެޑްމިލްއެއް ޑީޖޭއޭ އިން ހޯދީ ހައި ކޯޓުގެ ބޭނުމަކަށް ކަމަށް ޑީޖޭއޭ އަށް އޭރު އަންގާފައި އޮތަސް، އެ އޮޑިޓުން އެނގުނު ގޮތުގައި އެފަދަ ގޮތަކަށް ހައި ކޯޓުން އެދިފައެއް ނުވެ އެވެ. އަދި އެ ޓްރެޑްމިލް ހައި ކޯޓަށް ލިބިފައެއް ވެސް ނުވެ އެވެ. އަދި އެ އޮޑިޓްގައި ބެލި ބެލުމުން، އެ ޓްރެޑްމިލް ފެނުނީ ސުޕްރީމް ކޯޓުގައި ހުއްޓާ ކަމަށް ވަނީ އެނގިފަ އެވެ.

ޑީޖޭއޭއަކީ ކޯޓުތަކާ ބެހޭ އިދާރީ ހުރިހާ ކަމެއް ބަލަހައްޓާ ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމެންޓް ހިންގަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް: އެޗްއާރުސީއެމް

ދިވެހި ޕޯސްޓް

އެމްޕީއެލް އެމްޑީ އަކަށް ޝާޑު، ސްޓެލްކޯ އެމްޑީ އަކަށް މުގްނީ

ދިވެހި ޕޯސްޓް

ބްރިޖް މަތިން 2 މީހަކު ފުންމާލި ހާދިސާ: 2 ރަޙްމަތްތެރިން ކުރިން “ބެޓް” އެއް

ދިވެހި ޕޯސްޓް