ޙަބަރު

ޖާބިރުގެ އިންޒާރެއް ރައީސް ނަޝީދުއަށް

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އަބްދުﷲ ދީދީ އާއި މެދު ކަންތައް ކުރައްވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އިންޒާރު ދޭ އޯޑިއޯއެއް ލީކްވެއްޖެއެވެ.

މި އޯޑިއޯގައި ޖާބިރު ވަނީ ރައީސް ނަޝީދުގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއްކޮށްފައެވެ.

މި އޯޑިއޯގައި ޖަބީރު ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އެމަނިކުފާނުގެ އާރާއި ބާރު ބޭނުންކޮށްގެން ހުވަދު އަތޮޅު ނިލަންދޫ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ދީދީ ކަންތައްކޮށްފައި ވަނީ ރަނގަޅަށް ނޫންކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްއަކަށް ހުންނަވައިގެން ޒާތީ ގޮތުން ކަންތައްތައް ކުރައްވަމުންގެންދަވާ ތުހުމަތު ކުރެވޭ ގޮތަށް އަމަލު ކުރަމުން ދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

“ހިނގާކުޑަކޮށް ބައްލަވާލައްވާ ރައީސް. ރާއްޖޭގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށީ ހުވަދު އަތޮޅުގައި.ތިނަދޫއިން މީހުން ބޭލި މައްސަލަ އާއި ދައުލަތުން ތިނަދޫއަށް ދިން ގެއްލުމުގެ މައްސަލަ ފުރަތަމަ ރައްޔިތުންގެ މަޖިލީސް އިން ނުބެލޭނެ ގޮތަކަށް ރައްޔިތުންގެ މަޖިލީސް ދެނެއް ކުރިއަކަށް ނުގެންދެވޭނެ. ހިނގާ ރަނގަޅަށް ކުޅެލަމާ ރައީސް ނަޝީދު، ރައީސް ނަޝީދުއަކީވެސް ހަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިފައި ތި މަގާމަށް އަޅުގަނޑުގެ ތާއިދާއެކު ގެނައި މީހެއް”. ލީކްވި އެ އޯޑިއޯގައި ޖާބިރު ވިދާޅުއެވެ.

ޖާބިރު ނަޝީދުއަށް އިންޒާރުދެެއްވާ މޭރުމަކުން ވިދާޅުވީ، “މާ މައްޗަށް ކުޅެންޏާމުން ހުވަދު އަތޮޅު މީހުން….. (ސާފެއް ނުވޭ)

ޖާބިރު ވިދާޅުވީ، ސިޔާސީ ޕާޓިތަކުގެ ވެރިންނާއި، ރައީސް ނަޝީދުއަކީވެސް ރިޝްވަތު ނަގާ މީހެއް ކަމަށް، ނަޝީދުއަށްވެސް އެނގިވަަޑައިގަންނަވާނެ ކަމަށެވެ. އަދި އިތުރަށް އެ އޯޑީއޯގައި ޖާބިރު ވަނީ ފައިސާގެ ގިނަ މުއާމަލާތްތަކުގެ ވާހަކަދައްކާފައެވެ. އަދި ރައީސް ނަޝީދުއަކީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއްކަމަށް ކުރިން ނޭގޭ ކަމަށްވެސް ޖާބިރު އެ އޯޑިއޯގައި ވިދާޅުވެއެވެ.

ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސްއިން ފުރަތަމަ ބަލަންވީ ތިނަދޫއަށް ކުރި ގެއްލުމުގެ ކަންކަން ކަމަށެވެ.

އިތުރަށް ޖާބިރު ވިދާޅުވީ، ރައީސް ނަޝީދު ހިތްޕުޅާ ނުވާ މީހަކު ކަނޑާލާ ކަންކަން ކުރަމުން ދާއިރު، ދީދީގެ މައްސަލަ ބަލާ ކަމުގައިވަނީނަމަ ދައުލަތުގެ ވަރަށް ބައިވަރު މީހުންގެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

އެންމެއް އެއްގަލަކަށް އަރައި ނަޝީދުގެ “އެޖެންޑާ”އިން ގައުމު ސަލާމަތް ކުރުން

“ރައީސް ނަޝީދޫ ދަންނަވަންތޯ ވާހަކައެއް. މަނިކުފާނު ހިތްޕުޅާ ނުވާ މީހަކު ކަނޑާލާ. (ސާފެއް ނޫން) ނިލަންދޫ ދީދީ .. ހިމާރުލް ޤައުމު މިބުނަނީ.. ފުރަތަމަ ކަމަކީ ސިއްކަ އަކީ ވަގެއް. ތިޔަބޭފުޅުންގެ ސަރުކާރުގައި ވައްކަން ކޮށްފައިތިބީ. އަޅުގަނޑު މިދަންނަވަނީ ނޫންތޯ! ރައީސް ނަޝީދު ހިނގާ ތަންކޮޅެއް މައިތިރިކޮށް އޮޕަރޭޓް ކުރަން. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަކީ މަނިކުފާނުގެ އަޢުލާދު މީހެއް. ތަންކޮޅެއް ރީތިކޮށް ކަންތައް ކުރަމާ ހިނގާ.އަމުރު ވާރުތަ ތިކުރަނީ، އެއްގޮތަކަށްވެސް ތިގޮތަށް ކަންތައްކޮށްގެން ނުވާނެ. ދީދީގެ މައްސަލަ ބަލަންޔާމު، ރައީސް ނަޝީދަށް އެނގޭނެ ބަލަން ޖެހޭ ބައިވަރު މައްސަލަތައް ހުންނާނެކަން ދައުލަތުގަ. ހުވަދު އަތޮޅުގެ މެންބަރެއް ނޫން އަޅުގަނޑަކީ، އަޅުގަނޑަކީ ހުވަދޫ މީހެއްކަން މަނިކުފާނަށް ސާފުވާނެ. ” ޖާބިރު ވިދާޅުވެއެވެ.

“ސާފްކޮށް ރައީސް ނަޝީދުއަށް އެނގިވަޑައިގަންނަވާނެ ސާފްކޮށް މިއަދުން ރައީސް ނަޝީދު ކުޅޭ ގޭމްގައި، ރައީސް ނަޝީދު އާއި ރައީސް ނަޝީދުގެ ކޮއްކޯފުޅާއި، ރައީސް ނަޝީދުގެ ފްރެންޑައި… އެ ވިޔަފާރިތައް ދެން ނުހިނގާނެ. ސީދާ އަޅުގަނޑު މި އަންގަނީ ރައީސް ނަޝީދު އަންޑާސްޓޭންޑްވެގެން އޮޕަރޭޓް ކުރައްޗޭ މީގެ ފަހުން”. ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާ ރައީސް ނަޝީދުއަށް ދަރާފައި ނޯންނާނެ ކަމަށެވެ. އަދި ނަޝީދުގެ އެހީތެރިކަމެއް އޭނާ މީގެ ފަހުން ބޭނުން ނުވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ނަޝީދުއަށް އިންޒާރުދީ މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު، 2015 ވަނަ އަހަރު ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން އޭރު އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމެވި އެ ނިންމެވުމަކީ ސްޕްރީމް ކޯޓު އެއިރު ނަޝީދުއަށް ޙުކުމް އިއްވުމުގައި ދީދީ ބައިވެރިވެ ވަޑައިގެންފައިވާތީ ދިން “ބަދަލު ހިފުމުގެ ހަމަލާއެއް” ގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ތިން ވަޒީރެއްގެ ސުވާލުތަކުގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް އެ މަޖިލީހަށް ވަޑައެއް ނުގެންނެވުނު

ދިވެހި ޕޯސްޓް

ކުރީގެ ރައީސް ޔާމީން، ޝަރީއަތް ނިމެންދެން ހައްޔަރުކުރަން އަމުރުކޮށްފި

ދިވެހި ޕޯސްޓް

ޖޭޕީން ވާދަކުރާ ދާއިރާތައް ކަނޑައަޅާނީ ރައީސްއާއި މަޝްވަރާ ކުރުމަށް ފަހު: ރިޔާޒް

ދިވެހި ޕޯސްޓް