ޙަބަރު

ވީއައިޕީ ޚިދުމަތް ބާޣީ ލުތުފީ އަށް ދީގެން ސަރުކާރުން ޝަހީދުންނަށް މަލާމާތްކޮށްފި

1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް އުދުވާނީ ހަމަލާއެއްދީ ކުށެއްނެތް އެތައް ދިވެހިންނެއް ޝަހީދުކޮށްލުމުގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ މިރޭ ރާއްޖެ ގެނައި އިރު އޭނާ އަށް ދިވެހި ސަރުކާރުން ވީއައިޕީ ޚިދުމަތް ދިނުމަަކީ ނޮވެމްބަރ 03 ގައި ޝަހީދުންނާއި ޝަހީދުންގެ އާއިލާތަކަށް ކުރި މަލާމާތެއް ކަމަށް “ޑީޕީ” އަށް މައުލޫމާތު ދިން ނޮވެމްބަރ 03 ގެ ޝަހީދުންގެ އާއިލާތަކުން ބުނެފިއެވެ.

ނޮވެމްބަރ 03 ގެ ހަމަލާގައި ޝަހީދުވި ބޭފުޅެއްގެ އާއިލާ މެންބަރަކު މިރޭ ވަރަށް އަސަރާއި އެކު “ޑީޕީ” އަށް މައުލޫމާތު ދެމުން ބުނީ ފަހުގެ ތާރީޚެއްގައި ރާއްޖެދުއް އެންމެ ބޮޑު ބާޣީ އަށް ސަރުކާރުން މިރޭ ދީފައި ވަނީ ވީއައިޕީ ފެންވަރުގެ މެހެމާންދާރީއެއް ކަމަށެވެ.

“އޭނާ ވަށައިގެން ފުލުހުން ތިބެގެން ޓާމިނަލް އިން ނެރެގެން ކާރަކަށް އަރުވައިގެން މާލެ މިގެނައީ ވަރަށް ބޮޑު އިއްޒަތްތެރިޔަކު ގެންނަ ގޮތައް. އޭނާ އަތުގައި ނެތް ބިޑި ވެސް އަޅުވާފައެއް. އޭނާ އަކީ އެތައް ދިވެހިންނެއްގެ ގާތިލް. އެތައް ބަޔަކު މިއަދު ވެސް އޭނާގެ ސަބަބުން ނަފްސާނީ މައްސަލަތަކަށް ބޭސް ކުރަމުން އެބަގެންދޭ. ނަމަވެސް ދިވެހި ސަރުކާރުން އޭނާ އަތުގައި ބިޑި ވެސް އަޅުވައި ނުލި. މިއީ ނޮވެމްބަރ 03 ގެ ޝަހީދުންނާއި އެމީހުންގެ އާއިލާތަކަށް މިސަރުކާރުން ކުރި މަލާމާތެއް.” މައުލޫމާތު ދިން މީހަކު ބުންޏެވެ.

ނޮވެމްބަރ 03 ގައި ޝަހީދުވި ސިފައިންގެ ބޭކަލެއްގެ އާއިލާ މެންބަރަކު ވެސް މިރޭ “ޑީޕީ” އަށް މައުލޫމާތު ދެމުން ބުނީ ލުތުފީ އަށް ލަންކާގައި ވީއައިޕީ ޚިދުމަތް ދިނުމަށް ފަހު އަދި ރާއްޖެ ގެނެސް ބިޑި ވެސް ނާޅުވާ، އިއްޒަތްތެރިއެއްގެ ގޮތުގައި އޭނާ ގެންގުޅުމަކީ ސަރުކާރުން ކުރި ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

“ލުތުފީ ލަންކާ ފުލުހުންނާއި ހަވާލުނުކޮށް އޭނާ އަށް ދިވެހި ސަރުުކާރުން ރައީސްއެއްގެ ފެންވަރުގައި ޚިދުމަތް ދިނުމަކީ ސަރުކާރުން ނޮވެމްބަރ 03 ގެ ޝަހީދުންނަށް ފުރަތަމަ ކުރި މަލާމާތް. މިރޭ އޭނާގެ އަތުގައި ބިޑި ވެސް ނާޅުވާ ރާއްޖެ ގެނައުމުން އެބަ އެނގޭ މިސަރުކާރުން ލުތުފީ އަކީ ކުއްވެރިއެއްގެ ގޮތުގައި ނުދެކޭކަން. ލުތުފީ ރާއްޖެ ގެނެސްފައި އެވަނީ ސަރުކާރަށް މަޖުބޫރު ވެގެން.” އޭނާ ބުންޏެވެ.

ލުތުފީ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ދިޔަ ނަމަވެސް އޭނާ ރާއްޖެ ގެނެސްފައި މިވަނީ އޭގެ 68 ދުވަސް ފަހުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދުނިޔޭގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު ހިމެނިއްޖެ

ދިވެހި ޕޯސްޓް

އަނެއްކާވެސް ނަޝީދަށް ގާސިމްގެ ހަމަލާތަކެއް

ދިވެހި ޕޯސްޓް

ޑރ ޝަހީމަށް އިމާމްވެ ޢީދު ނަމާދު ކުރުމަށް ފުރުސަތު ނުލިބުނު

ދިވެހި ޕޯސްޓް