ޙަބަރު

މައިންބަފައިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަކީ ކުދިންނަށް ލިބެންޖެހޭ ހައްގެއް

ޗައިލްޑް އެބިއުސް ގެ ވާހަކައަކީ މީހުންގެ ހޭލުންތެރިކަން ލިބިފައިވާ ވާހަކައެކެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި ޖިންސީ ފުރައްސާރައާއި އަނިޔާއަކީ ގިނަމީހުންނަށް އެނގި އޮޅުންފިލާފައިވާ ކަންތައްކަމުގައި ބެލެވިދާނެއެވެ.

މިކަމާ ބެހޭގޮތުން ކުޑަކުދިންނާ އެތައް ފަހަރެއްގެ މަތީން ވާހަކަދައްކާ އެކުދިންގެ ވާހަކަ އަޑުއަހައިފީމެވެ.

މިގޮތުން ވާހަކަ ދެކެވުނު ތަނެއްގައި ވަރަށް އާދަޔާ ޚިލާފު ކަމެއް އެއްފަހަރަކު ފާހަގަ ކުރެވުނެވެ. އާންމުކޮށް ގިނަފަހަރު ކުދިން އެންމެ ފާހަަގަ ކުރަނީ ޖިންސީގޯނާއާއި ބުލީކުރުމާއި ބިރުދެއްކުމާއި ތަޅާއަނިޔާކުރުންފަދަ ކަންތައްކަމުގައި ވިޔަސް، މިފަހަރު ކުދިން ފާހަގަކުރި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ އެހެންކަމެކެވެ.

ގޭތެރޭގައި މީހުންގެ މެދުގައި އޮންނަ އަރާރުމާއި، ހާއްސަކޮށް މައިންބަފައިންގެ މެދުގައި އޮންނަ ޒުވާބާއި ހަމަނުޖެހުމެވެ. އެކުދިން ބުނި ގޮތުގައި އޭގެ ސަބަބުން އެކުދިންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

އެކުދިން ބުނިގޮތުންނަމަ، އޭގެ ސަބަބުން ފިލާވަޅުދަސްކުރުމާއި، ކްލާސްރޫމްގައި ފިލާވަޅުނަގާދޭ ވަގުތު މުދައްރިސް ކިޔާ އެއްޗަކަށް ސަމާލުކަން ނުދެވުމާއި އޮޅުން ނުފިލުން އެއީ އެކުދިން ތަޖުރިބާ ކުރާ ކަންތައްތަކެވެ. ނުތަނަވަސްކަން ފިލައިގެން ނުދާތީއެވެ.

މީގެ އިތުރުން ނުތަނަވަސްކަމުގެ މާހައުލެއްގައި އަބަދު އުޅެންޖެހުމަކީ ކުދިން އެކުދިންގެ ނަފްސާއިދޭތެރޭ ދެކޭގޮތަށް ވެސް އަސަރުކުރާނެ ކަމެކެވެ. ނުތަނަވަސްކަން އިތުރުވުމާއި ރުޅިގަދަވުން ފަދަ ކަންތައްތައް އެކުދިންގެ ފުށުން އިތުރުވެއެވެ.

ތިމާ އުޅެންޖެހިފައިވާ މާހައުލުމުގައި ހުރި ނުތަނަވަސްކަމަކީ ތިމާގެ ބާރުނުފޯރާ ކަންކަމަށްވުމުން، ”ހެލްޕްލެސް“ ވުމާއި، އޭގެ ތެރެއިން ނިކުމެވޭނެ ގޮތެއް ނެތީމައެވެ.

އެކުދިންގެ ފަރާތުން އަޅުގަނޑަށް އެނގުނީ ހަމަނުޖެހުމާއި ޒުވާބާއި އަރާރުން އާންމު ގެއެއްގެ ތެރޭގައި އުޅެންޖެހުމަކީ ކުދިންނަށް ކުރެވޭ ވަރަށްބޮޑު އަނިޔާއެއްކަމެވެ. އަދި އަބަދު ހަމަނުޖެހުމުގެ ތެރޭގައި އުޅޭތަން ފެންނަ މައިންބަފައިންނާއި އެކުގައި، ކުދިން އުޅެން ޖެހުމަކީ ވެސް ބޮޑު އަނިޔާއެއް ކަމެވެ.

މީހުންގެ މެދުގައި މައްސަލަވެސް ޖެހޭނެއެވެ. ހަމަނުޖެހުންވެސް އޮވެދާނެއެވެ. އެކަަމަކު އޭގައި ކުދިން ބައިވެރި ނުކުރާށެވެ. އެއީ ކުދިންނަށް ދައްކަން ޖެހޭ ކަމެއް ނޫނެވެ.

ކުދިންގެ ކުރިމަތީގައި އެކުދިން ބައިވެރިނުކޮށް އެކަން ގޭގައި ކުރެވެން ނެތިއްޔާ، ކައިރި ރެސްޓޯރަންޓަކަށް ގޮސް ރަގަޅަށް ޒުވާބުކޮށްލާ ބިލުކަނޑާލާފައި އަންނާށެވެ.

މައިންބަފައިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަކީ ކުދިންނަށް ލިބެންޖެހޭ ހައްގެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްޑީޕީން ބާއްވަން އުޅުނު ހިނގާލުން ކުއްލި ގޮތަކަށް ކެންސަލްކޮށްފި

ދިވެހި ޕޯސްޓް

މި ސަރުކާރު ކުރިމަތީ ޔާމިން ކުޑަކަކޫ ނުޖަހާނެ – ޚަލީލް

ދިވެހި ޕޯސްޓް

ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ފުލުހުންގެ އިދާރާ ހަދާނަން – އެމްސީ ހަމީދު

ދިވެހި ޕޯސްޓް