ޙަބަރު

20 ޓަނުގެ ކުނި ވިލިމާލޭން

‘ސާފު ރާއްޖެ’ ޕްރޮގުރާމުގެ ދަށުން މިއަދު ވިލިމާލެ ސާފު ކޮށްގެން 20 ޓަނަށް ވުރެ ގިނަ ކުނި ނަގައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތުދެމުން ވިލިމާލެ ދާއިރާ ކައުންސިލަރު ހަމްނާ ވަހީދު ވިދާޅުވީ މިއަދު ހެނދުނު 8:30އިން ފެށިގެން 11:30 އަށް 20 ޓަނަށް ވުރެ ގިނަ ކުނި ވަނީ ކުނިގޮނޑާ ހިސާބަށް ގެންގޮސްފައިކަމަށެވެ. އަދި މިހާރުވެސް ދަނީ ގިނަ އަދަދެއްގެ ކުނި ކުނިގޮނޑަށް އެއްކުރެވެމުންދާ ކަމަށް ހަމްނާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރި ވަޑައިގެންނެވި މި ސާފުކުރުމުގެ ޕްރޮގުރާމުގައި ގާތްގަނޑަކަށް 200 މީހުން ބައިވެރިވި ކަމަށް ހަމްނާ ވިދާޅުވިއެވެ. އެގޮތުން، މާލެ ސިޓީ ކައުންސިލް މެމްބަރުންނާއި، ވެމްކޯ އަދި ވިލިމާލެ ފުލުހުންގެ އިތުރުން ސްކައުޓުންނާއި އެކިއެކި އެންޖީއޯ ބައިވެރިވެފައިވާކަމަށް ހަމްނާ ވިދާޅުވިއެވެ.

ހަމްނާ ވިދާޅުވީ މިއަދު ސާފު ކުރެވުނީ ވިލިމާލޭގެ މައިގަނޑު 3 ސަަރަހައްދެއް ކަމަށެވެ. އެއީ ވިލިމާލެ ބީޗް ސަރަހައްދުގައި ހުންނަ ރޫމް ބަރިތަކާއި، ވިލިމާލެ ފުއްޓަރު ސަރަހައްދާއި އަދި ސިނާއީ ސަރަހައްދެވެ. ސާފު ކުރުމުގައި ގަސްތަކުގައި ފީވެފައިވާ ގޮފިތަށް ކޮށާ ގަސްތަކުތެރެ ސާފު ކުރި ކަމަށްވެސް ހަމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަމްނާ ވިދާޅުވީ ސާފުކުރަން އުޅުމުގެ ތެރޭގައި ވިލިމާލޭގެ އެކި ސަރަހައްދުގައި ލަކުޑި، ދަގަނޑު އަދި ހަލާކުވެފައި ހުރި ދޮންނަ މެޝިނު ފަދަ ބޮޑެތި އެއްޗެހި ކުނީގެ ގޮތުގައި ފެނުނު ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ސިޓީ ކައުންސިލުން އެފަދަ ކުނި ސާފުކޮށް އުކާލުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް ހަމްނާ ބުންޏެވެ.

މި ޕްރޮގުރާމަކީ މިދިޔަ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވި ‘ސާފު ރާއްޖެ’ ޕްރޮގުރާމުގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. އެގޮތުން މިދިޔަ މަހު ވަނީ މާލޭގެ ފަޅުތެރެ ސާފުކޮށްފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

7،000 ފްލެޓް ކަށަވަރުވޭތޯ ބަލަން މިނިސްޓަރު މާދަމާ މަޖިލީހަށް

ދިވެހި ޕޯސްޓް

ރާއްޖޭގަ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅުލައްކައަށް އަރުވާފައި މިވަނީ ބަންގާޅާ ރާއްޖެ އާ ދެމެދު ފެރީ ދުއްވާތީތޯ؟

ދިވެހި ޕޯސްޓް

ސައުތު ފައުންޑޭޝަން: އިޖުތިމާއީ އެހީތެރިއަކަށް!

ދިވެހި ޕޯސްޓް