ް މުނިފޫހި ފިލުވުން

ކުޅުދުއްފުށީ ޕެރޭޑް: އެންމެ ރީތީ އަސްލު ލުތުފީ އާއި ބްރޯ!

ކުޅުދުއްފުށީ މާލި ޕެރޭޑަށް ލިބިފައިވާ ސަމާލުކަމާއި ގުޅިގެން އެޕެރޭޑްގެ ވާހަކަ އަދި މާއަވަހަށް ނިންމާލެވޭކަށް ނެތެވެ. އިއްޔެ ބޭއްވި މާލި ޕެރޭޑަށް ފަހު އިއްޔެ އާއި ރޭ އަދި މިއަދު ވެސް މީސް މީޑިއާގައި އެންމެ ހިނގަނީ މާލި ޕެރޭޑްގެ ފޮޓޯތަކެވެ. އޭގެ ތެރެއިން ވެސް ވަކިން ހާއްސަ ދެ ފޮޓޯއެއް ނުވަތަ ދެ ކެރެކްޓާއަކަށް ވަނީ މާބޮޑަށް ސަމާލުކަން ލިބިފައެވެ.

އެއް ކެރެކްޓަރ އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިފަވާގޮތައް ޓަގް ބޯޓެއްގައި އިންނެވި “ބްރޯ” އެވެ. އަދީބު އާއި ދާދި އެއްގޮތައް “ރޫފަ ހެޔޮކޮށް” އިން ކުއްޖަކު މި ކެރެކްޓަރ އަށް ތައްޔާރުކޮށްފައި އިނީ ނިކަން ފުރިހަމައަށެވެ. އަދީބުގެ އެންމެ “ޗާލާކީ ދުވަސްވަރު” އަދީބު ފެނުނު ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. އޭނާ ފެނުނީ “އަދީބުގެ އައިނު އަޅައިގެން އަދީބުގެ ތުނބުޅީގައި އިންދައެވެ.”

ފާހަގަ ކޮށްލެވުނު ދެވަނަ ކެރެކްޓަރ އަކީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ލުތުފީ އެވެ. ދިވެހި ސަރުކާރުން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ އަށް އެންމެ މަތީ އިއްޒަތް ދީގެން ގެންގުޅޭތާ ދެމަސް ފަހުން، ފާޑުކިޔުންތައް އަމާޒުވެ، ހަދާނެ ގޮތް ހުސްވުމުން ލުތުފީ ރާއްޖެ ގެނައިއިރު ހުރިގޮތާއި، އިއްޔެ ކުޅުދުއްފުށީ ޕެރޭޑުން “އަސްލު ލުތުފީ” ފެނުނު ގޮތާއި މާބޮޑު ތަފާތެއް ނެތެވެ.

ލުތުފީ ރާއްޖެ އައިއިރު ހުރި ސްމާޓް ކަން “އަސްލު ލުތުފީ” ވަނީ ވަރަށް ރަނގަޅަށް ދައްކުވައި ދީފައެވެ.

މާލި ޕެރޭޑާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ގިނަ ބަޔަކު އަންނަނީ މާލި ޕެރޭޑަށް ވަރަށް ބޮޑަށް ތަރުހީބުދީ ތައުރީފް ކުރަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބޮލީވުޑްގެ ހަބަރުތައް ކުރުކޮށް ފޮނިކޮއް

ދިވެހި ޕޯސްޓް

ނަކްޝް އާއި ގަޔޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ދިވެހި ޕޯސްޓް

ސާރާ ސެމްޕީއޯ އަދި ލޮރެނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދޭ

ދިވެހި ޕޯސްޓް