ދިވެހި ޕޯސްޓް (ޑީޕީ) އަކީ މީގެ އަހަރުތަކެއް ކުރީގައި ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލްވި ނޫހެކެވެ.ދިވެހި ރާއްޖޭގައި ހިންގާފައިވާ ވަރަށް ބޮޑެތި ކޮރޮޕްޝަންތައް ހެއްކާއި އެއްކޮއް ޑީޕީ ޓީމުންވާނީ ރައްޔިތުންނާއި ހަމައަށް ގެނެސްދީފައެވެ. ދިވެހި ރާއްޖޭގެ ހުރިހާ ނޫސްތަކުންނާއި ޓީވީ ޗެނެލްތަކުގެ ފަލަ ސުރުޙީތަކުން  ޖާގަ ހޯދާފައިވާ ނޫހެކެވެ.އޭގެ ނަތީޖާއަކަށްވީ ޑީޕީގެ ޓީމަށް ބޮޑެތި ފިއްތުންތަށް ކުރިމަތިކުރުމުގެ ސަބަބުން ވަގުތީ ގޮތުން ނޫސްވެރިކަމާއި ދުރަށް ޖެހިލަން މަޖުބޫރު ކުރުވީއެވެ.ނަމަވެސް ކޯލިޝަން ސަރުކާރަށް ރައްޔިތުން ދިން ތާއިދާއި ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޮޑެތި ވައުދުތަކާއި ނޫސްވެރިންނަށް މިނިވަން ކަމާއި އެކު ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އިބޫގެ ސަރުކާރުން  ދޭނެކަމަށް ވައުދުވެފައިވާތީއާއި ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ވެފައިވާވައުދުތަށް އެންމެ ފުރިހަމަ ގޮތުގައި  ކުރެވެންއޮތީ ކުރިމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޙާބާއި ލޯކަލް އިންތިހާބުވެސް އެމްޑީޕީ ކޯލިޝަން ސަރުކާރަށް ކާމިޔާބުވެގެން ކަމަށްވާތީއާއި ހެޔޮވެރިކަމެއްގެ ފޮނި އުއްމީދުތަކެއ ކުރަމުންދާ ނިކަމެތި ދިވެހި ގައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން ރެއާއިދުވާލު ވަރުބަލިކަމެއްނެތި ދިވެހި  ނިކަމެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން ގެންދާ ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނު ރައީސް ނަޝީދު ދިވެހި ގައުމުން ކޮރޮޕްޝަން ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތަށް ޑީޕީގެ ޓީމުންވެސް އެހީތެރިމުގެ ގޮތުންނާއި އެމްޑީޕީގެ ގައުމީ މަޖިލިސްއިން ރައްޔިތުންގެ މަޖިލިސްގެ ހުރިހާ ދާއިރާތަކަށް ވާދަކުރުމަށް ފާސްކޮއްފައިވާތީ އެކަމަށްވެސް އެހީތެރިވުމުގެ ގޮތުންނާއި  ރައްޔިތުންގެ މަޖިލިސް އިންތިޙާބުގައި ޕާޓީތަކުން ޕްރައިމަރީގައި ވާދަ ކުރައްވާ އަދި އަމިއްލަ ގޮތުން މަޖިލިސްއަށް ވާދަ ކުރައްވާ  ހުރިހާ ކެންޑިޑޭޓުންވެސް ޑީޕީ މެދުވެރިކޮއް ޕްރޮމޯޓް ކޮއްދޭނެކަމުގެ ފުރިހަމަ ޔަގީކަން އަރުވަމެވެ.އަދި ކެމްޕެއިންއަށް ބޭނުންވާ ޕޯސްޓަރ ބެނާފަދަ މިޓީރިއަލްސް ކެންވަސްފަދަ ތަކެތި ކެންޑިޑޭޓުން އެދި ލައްވަިފިނަމަ ހެޔޮ އަގުގައި ރާއްޖެއިން ބޭރުން އަގު ހެޔޮކޮއް ޕްރިންޓްކޮއް ފޮނުވާ ދޭނެ ވާހަކަވެސް އުފަލާއެކު ދަންނަވަމެވެ.

ވަކިން ޙާއްސަކޮއް އެއްވެސް ސަރުކާރަކުން މާބޮޑެތި އަޅާލުމެއް ނުލިބިފައިވާ ދިވެހި ރާއްޖޭގެ ލޭބަރ ޢިންޑަސްާޓްރީގެ ހައްގުގައި\،ރިސޯޓްތަކުގައި  މަސައްކަތް ކުރައްވާ އެންމެހާ މުއައްޒަފުންގެ ހައްގުތައް ހޯދާ ދިނުމަށް  ވަކާލާތުކޮއް މި އޯގާތެރި ސަރުކާރުގެ ސަމާލުކަމައް  ގެެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް މަސައްކަތް ކުރައްވާ މުއައްޒަފުންނަށް ދިމާވެފައިވާ ދަތިތަށް ލިއެފަ ޑީޕީގެ އީމެއިލްއަށް ފޮނުއްވާ ދެއްވުން އެދެމެވެ.މީގެ ކުރިންވެސް މި ނޫހަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މިފަހަރުވެސް ލިބޭނެ ކަމުގެ  ފުރިހަމަ ޔަގީންކަން އެބައޮތެވެ.ވީހާވެސް ގިނަ ބޭފުޅުން މި ނޫހަށް ލިއުއްވާށެވެ. ވޯޑްފައިލްގަ ދިވެހިބަހުން ލިއެފައި ތިރީގައި  މިވާ އީމެއިލްއަށް

މިއީމެއިލްއަށް  މެއިލްކޮއް ދެއްވުން އެދެމެވެ info@dhivehipost.com

ލިއުންތައް ފޮނުއްވާއިރު އެ ލިއުމަކާއި ގުޅޭ ފޮޓޯ ނުވަތަ ވީޑިއޯ ފޮނުއްވާ ދެއްވާށެވެ.ތިޔަ ބޭފުޅުންގެ ލިއުންތަކަށް ޑީޕީ ޓީމުން އަބަދުވެސް މަރުހަބާ ކިއާނަމެވެ

ރައްޔިތުންގެ މަޖިލިސްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ބޭފުޅުން މިވެބްސައިޓް މެދުވެރިކޮށް ކެމްޕެއިން ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކައް    ކްލިކް ކޮއްލައްވާ މައޫލޫމާތު ފުރިހަމަ ކުރުމަށްފަހު  ފޮނުއްވުމުން    އެ އެކައުންޓް  އަޅުގަނޑުމެން  އެޕްރޫވް ކޮއް ދޭނަމެވެ. އެޕްރޫވްކުރުމަށްފަހު  އީމެއިލްއަކުން އެކައުންޓް އެޕްރޫވްވިކަމުގެ މެއިލް އެއް ލިބި ވަޑައިގަންނަވާނެއެވެ. އެޕްރޫވް މެއިލް ލިބުމުން ލޮގިން ވެފަ އެބޭފުޅަކު އެބޭފުޅެއްގެ ޕްރޮފައިލް އަޕްޑޭޓް ކުރަންޖެހޭ ޕޭޖެއް ފެންނާނެއެވެ. އެޕޭޖެގައި ކެމްޕއެިން ގަ ހިންގަމުން ގެންދާ ހަރަކާތްތައް ފޮޓޯ ވީޑިއޯވެސް އަޕް ލޯޑް ކުރެވޭނެއެވެ  ޕްރަފައިލް ޕުރިހަމަ ކުރުމަށްފަހު ތިބޭފުޅުންގެ ދާއިރާތަކުގެ ތިއްބަވާ ބޭފުޅުންގެ ފޭސްބުކު ގުރޫޕުގައާއި ވައިބަރ ގުރޫޕްތަކުގައާއި ޓްވިޓަރގައި ޕްރޮފައިލް ޝެއަރ ކުރައްވާށެވެ. ކެންޑިޑޭޓުންގެ ތަރުހީބަށްބަލާފަ ތައްޔާރު ކުރެވޭ ރިޕޯޓްތައް ޓީވީ ޗެނެލްތަކުން ފޮނުވާނެއެވެ.

Facebook Comments